ތުރުކީއާއި ޕާކިސްތާނުގެ ސަފީރުކަމަަށް އައްޔަންކުރައްވަން ނިންމަވާފައިވާ ބޭފުޅުންނަށް ކޮމިޓީން ރުހުންދީފި

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖެއިން ތުރުކީއާއި ޕާކިސްތާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމަަށް އައްޔަންކުރައްވަން ނިންމަވާފައިވާ ބޭފުޅުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމަށް ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އައްޔަން ކުރެއްވުމަށް ނިންމަވާފައެވެ. އަދި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ނިންމަވާފައިވަނީ މުޙައްމަދު ޠާހާއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި
މުޙައްމަދު ޠާހާ ސަފީރުކަަމަށް އައްޔަންކުރައްވަން ފެނޭތޯ މަޝްވަރާކޮށްފައެވެ.

އެއަށްފަހު ވަނީ މެންބަރުންގެ ރުހުން އޮތްތޯ ބެލުމަށް ވަކިވަކިން ވޯޓަށް އަހައިފައެވެ.

އެގޮތުން ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި
މުޙައްމަދު ޠާހާ ސަފީރުކަަމަށް އައްޔަންކުރައްވަން ފެންނަކަމަށް ފާސްކުރީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް