މޯދީ ހުވާކުރެއްވި ރަސްމިއްޔާތު ލައިވްކުރަން ނިންމި ކަމަށް ބުނެ އަދަދު ނޫހުން ޝާއިއުކުރީ ދޮގު ޚަބަރެއް: ޕީއެސްއެމް

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ދައުރަކަށް ހުވާކުރެއްމުގެ ރަސްމިއްޔާތު ލައިވްކުރަން އެ މީޑިއާއިން ނިންމި ކަމަށް ބުނެ އަދަދު ނޫހުން ފަތުރާފައިވަނީ ދޮގު ޚަބަރެއް ކަމަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ދައުރަކަށް ހުވާކުރެއްމުގެ ރަސްމިއްޔާތު ލައިވްކުރަން އެ ކުންފުނިން އެއްވެސް އިރެއްގައި ނުނިންމާ ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތައް ކަވަރުކުރާ ގޮތަށް ރައީސްގެ ދަތުރުފުޅު ޕީއެސްއެމްގެ ޗެނަލްތަކުން ކަވަރުކުރާނެ ކަމަށާއި މިއީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޚާއްސަކޮށްގެން ގެނެސްދޭ ކަވަރޭޖެއް ނޫންކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެއިތުރުން ބަޔާނުގައި ވަނީ އަދަދު ނޫހުން ޕީއެސްއެމްއާ ގުޅޭ ގޮތުން ތަކުރާރުކޮށް ދޮގު ޚަބަރު ފަތުރާފައިވާކަން ފާހަގަކޮށް ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރާ ކަމަށް ވެސް ބުނެފައެވެ. އަދި އަދަދު ނޫހުގެ މި މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.

ޕީއެސްއެމްގެ އެމްޑީ ޒީނާ ޒާހިރު. ފޮޓޯ: އަލީ ނަސީރު

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް