މިއީވެސް ޑިމޮކްރެސީގެ ނަމޫނާއެކެވެ

Loading

Facebook
Twitter
WhatsApp

ބާރު ލިބިފައިވާ އިންސާނާ އެ ބާރުގެ ބޭނުންކުރުމުގައި ހައްދުފަހަނަޅާ ދާނެއެވެ. އޭނާގެ ކުރިމަތީގައި އަދުލު އިންސާފަކީ އޭނާ ދެކޭގޮތެވެ.

ރޮއިޓާރސްގެ  އެންމެ ފަހުގެ ޚަބަރުތަކުގެ ފަލަ ސުރުޚީއަކީ ރައީސް ޖޯ ބައިޑްން ފަރަންސޭސި ވިލާތަށް ވަޑައިގަތުމެވެ.

ފަރަންސޭސި ރައީސް މެކްރޯނާއެކު ބައިޑްން ބޭއްވި ރަސްމީ ވާހަކަތަކުގެ މައިގަނޑު މަގްސަދަކަށްވެފައި އޮތީ ފަރަންސޭސި ވިލާތުގައި ހިފާއްޓާފައިހުރި  ރަޝިޔާގެ މިލްކިއްޔާތާއި އިންވެސްޓްމެންޓް ތަކުން ލިބޭ ފައިދާ ޔޫކްރެއިންގެ ހަނގުރާމައަށް ހޭދަކުރުމެވެ. ދެބޭފުޅުން ވަނީ އެކަމަށް އެއްބަސްވެ ސިއްކަ ޖައްސަވާފައެވެ. 

ދެ ރައީސުންގެ މަޝްވަރާގައި ފަރަންސޭސި ވިލާތުގައި ހިފާއްޓާފައި ހުރި ރަޝިޔާގެ މިލްކިއްޔާތާއި އިންވެސްޓްމެންޓް ތަކުންލިބޭ ފައިދާ ޔޫކްރެއިންގެ ހަނގުރާމައަށް ހޭދަކުރުމާ ދޭތެރޭ އެއްބަސްވުމަކަށް އާދެވުނުތޯ ރައީސް ބައިޑްންއަށް މީޑިއާއިން ސުވާލު ދެންނެވުމުން ދެފަހަރަށް އާއެކޭ އާއެކޭ ވިދާޅުވެ ޖަވާބު ދެއްވިއެވެ.   

ޖީ-7 ގެ ގައުމުތަކާއި ޔޫރަޕިއަން ޔޫނިއަނުން މިހާރު ބަލަމުން ގެންދަނީ އެގައުމުތަކުގައި ހިފާއްޓާފައިހުރި ރަޝިޔާގެ މިލްކިއްޔާތުތަކާއި އިންވެސްޓްމެންޓްތަކުން ލިބޭ ފައިދާ ޔޫކްރެއިނަށް ލިބޭގޮތް ހެދުމަށްފަހު އޭގެ މައްޗަށް ބިނާކޮށް 2025 ގައި ޔޫކްރެއިނަށް ބޮޑު ލޯނެއް ލިބޭނެގޮތް ހަމަޖައްސާ ދިނުމަށެވެ.                        

މިހާރުގެ އަންދާޒާތަކަށް ބަލާއިރު ދުނިޔޭގެ ކަންކޮޅުތަކުގައި ރަޝިޔާގެ މަރުކަޒީ ބޭންކުގެ 289.9 ބިލިއަން އެމެރިކާ ޑޮލަރ ވަނީ ހިފާއްޓާފައެވެ. 

އެ ފައިސާއިން އަހަރަކު ގާތްގަނޑަކަށް 3.5 ބިލިއަން ޔޫރޯގެ ފައިދާލިބެމުންދާކަމަށް ވެއެވެ. ޔޫރަޕިއަން ޔޫނިއަނުން ދެކޭގޮތުގައި އެ ގައުމުތަކުން އެ ފައިސާ ބޭނުންކުރުމުގައި ރަޝިޔާއަށް ޖަވާބުދާރީ ވާކަށް ނުޖެހޭނެއެވެ.                                          

މި ވިސްނުން އެންމެފުރަތަމަ ހާމަކުރީ އެމެރިކާއިންނެވެ. ރަޝިޔާގެ އިންވެސްޓްމެންޓު ތަކުން ލިބޭ ފައިދާއިން މެދުކެނޑުމެއް ނެތި ޔޫކްރެއިނަށްއަހަރަކު 50 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިލިބި ހުންނާނެއެވެ. އޭގެ މައްޗަށް ބިނާކޮށް ފުދޭވަރެއްގެ ބޮޑު ލޯނެއް ހަމަޖެއްސިދާނެއެވެ.                            

ރަޝިޔާގެ އިންވެސްޓްމެންޓް ތަކުގެ ފައިދާ އެގޮތަށް ހޭދަކުރަން ބައެއް ގައުމުތަކުން ތައްޔާރެއް ނޫނެވެ. އެކަމާއިގުޅޭ ގޮތުން އެމެރިކާގެ ޓްރެޝަރީ ޑިޕާރޓްމެންޓުން ބުނެފައިވަނީ އެކަންތައް އަހަރެމެންނަށް ދޫކޮށްލާށެވެ.         

މިއީ ދުނިޔޭގެ އަދުލް އިންށާފާއި އިންސާނުންގެ ހަމަހަމަ ކަމަށް ދައުވާކުރާ އެބުނާ ތަރައްގީ ވެފައިވާ ގައުމުތަކުން ކަންތައްކުރަމުން ގެންދާގޮތުގެ ކުޑަކުޑަ ހާމަކުރުމެކެވެ. 

އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖެއަށް ޔަހޫދީން އައުން މަނާކުރީމާ އަޅުގަނޑުމެންގެ އިގްތިސާދު ފުނޑާލަން ރޭވުމަކީ ޙައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އެހެނީ އެބައިމީހުންގެ އެޖެންޓުން ދިވެހީންގެ ބޮޑުންގެ ތެރޭގައި މަދެއް ނުމެ ނޫނެވެ.                   

Loading

2 Responses

  1. ޑިމޮކްރެސީ ދަސްވެއްޖެ އެވެ. އެއީ މަކަރާ ޖަހައިގެން ދުނިޔެ ކާލުމެވެ. ޔޫކުރޭން ހަނގުރާމަޔާއި އިޒްރޭލުގެ ގަތުލުއާންމު އެމެރިކާ ދެކޭގޮތް އެނގި ޑިމޮކްރެސީ ގެ ކަނުކަމާއި ބޭއިންސާފު ދަސްވެ ނިމިއްޖެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް