މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ކުރީގެ މެންބަރު ނިހާން އައްޔަން ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް އަޙްމަދު ނިހާން ޙުސައިންމަނިކު އައްޔަން ކުރައްވައިފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފްގެ މަގާމަށް މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ޕާލަމެންޓަރީ ސަރވިސް ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް އެހީތެރިވުމުގެ ގޮތުން ނިހާން މި މަގާމަށް އައްޔަން ކުރައްވާފައިވާއިރު މަޖިލީހުގެ އިދާރާއިން ހާމަކުރި ގޮތުގައި ނިހާން އިއްޔެ ވަނީ ވަޒީފާއަށް ނިކުންނަވަން ފަށްޓަވާފައެވެ.

ނިހާންގެ ކުރިން މި މަގާމުގައި ހުންނެވީ ފާޠިމަތު މުޙައްމަދު ޞާލިޙެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް