ރުހުން ނުދިން ވަޒީރުންނަށް އަލުން ރުހުން ދިނުމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް އަލުން ރުހުން ދޭން ފެނޭތޯ ބެލުމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިދިޔަ ޖެނުއަރީ 29 ވަނަ ގައި ބޭއްވި ޖަލްސާގައި 3 ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީގެ މެންބަރުންނާއި ޑިމޮކްރެޓްސް މެންބަރުން ވޯޓު ދެއްވިއެވެ.

ވަޒީރުކަމަށް އައްޔަންކުރަން ރުހުން ނުދިނީ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި
ހައުސިން މިނިސްޓަރު ޑރ.ޢަލީ ހައިދަރާއި
ބަންޑާރަނައިބު އަޙްމަދު އުޝާމަށެވެ.

ރުހުން ދޭން ފެނޭތޯ ނެގި ވޯޓުގެ ތަފުސީލު:

ޑރ.ޝަހީމްއަށް ރުހުން ދޭން ނުފެންނަ ކަމަށް 31 ވޯޓު އަދި ރުހުން ދޭން ފެންނަ ކަަމަށް 30 ވޯޓު. ވަކި ކޮޅަކަށް ވޯޓު ނުދެއްވައި 08 މެންބަރަކު ތިއްބެވި.

ބަންޑާރަ ނާއިބު އުޝާމަށް ރުހުން ދޭން ނުފެންނަ ކަމަށް 44 ވޯޓު އަދި ރުހުން ދޭން ފެންނަ ކަމަށް 24 ވޯޓު.

ޑރ.ހައިދަރަށް ރުހުން ދޭން ނުފެންނަ ކަމަށް 46 ވޯޓު އަދި ރުހުން ދޭން ފެންނަ ކަމަށް 24 ވޯޓު.

މި ތިން ބޭފުޅުން ވަޒީރުކަމަށް އައްޔަންކުރައްވަން ރުހުން ނުދިނުމަށް ފާސްކުރި ނަމަވެސް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ އަލުން އެބޭފުޅުން ވަޒީރުކަަމަށް އައްޔަންކުރައްވައިފައެވެ.

މި ތިން ބޭފުޅުންނަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް