ޙައްޖާއި ޢުމްރާ ދަތުރުގައި ބޭނުންކުރެވޭގޮތަށް "ސައުދީ ޕާސްޕޯޓު"ގެ ނަމުގައި ރޯމިންގ ސިމެއް ތައާރަފުކޮށްފި

Loading

Facebook
Twitter
WhatsApp

ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބޭނުން ކުރެވޭގޮތައް އުރީދޫއިން ”ސައުދީ ޕާސްޕޯޓު“ގެ ނަމުގައި ރޯމިންގ ސިމެއް ތައާރަފު ކޮށްފިއެވެ. 

އެގޮތުން މި ސިމް މި ޙައްޖު މޫސުމުގައި ސައުދީގައި ބޭނުން ކުރެވޭނެއެވެ.

އަދި މި ސިމްގެ އަގަކީ އެއްހާސް ރުފިޔާއެވެ. ސައުދީއަށް ފުރުމުގެ ކުރިން މި ސިމް އުރީދޫއިން ގަނެވޭނެއެވެ. 

ސައުދީ އެއާރޕޯޓަށް ފޭބުމަށްފަހު ސިމް ލެއްވުމުން އިންޓަރނެޓްގެ ޚިދުމަތް ލިބޭނެ ކަމަށާއި މިއީ އުމްރާއަށް ދާމީހުންނާއި ހައްޖުވެރިންގެ ފަސޭހައަށް އުރީދޫއިން ތަޢާރަފްކުރި ޚިދުމަތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ. 

މިއީ 15 ޖީބީ ޑޭޓާ، 60 މިނެޓުގެ ކޯލުކުރުމާއި ލިބުން އަދި 60 އެސް.އެމް.އެސް ރޯމިންގގައި ބޭނުންކުރެވޭ ގޮތަށް ބަންޑްލް ކުރެވިފައިވާ ސިމެކެވެ. މީގެ އިތުރަށް ބޭނުން ކުރެވޭ ޑޭޓާއަށް ނަގާނީ އެމް.ބީއަކަށް 0.99ރ އެވެ. 

މިކަމަށް އިޝާރާތް ކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ސަޢޫދީ ޕާސްޕޯޓް ޓްރެވަލް ސިމް ތަޢާރަފް ކުރުމަކީ ޙައްޖުވެރިންނަށް ލުއިފަސޭހަކަމާއެކު ސައުދީ އަރަބިޔާގައި ހުރެގެން ރާއްޖެއަށް ގުޅާލުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. 

 މި މަސައްކަތުގެ ސަބަބުން ޙައްޖުގެ ބަރަކާތްތެރި އަޅުކަމުގައި އުޅޭ ފަރާތްތަކަށް މުވާސަލާތު ކުރުން ފަސޭހަވެ، މުޖުތަމަޢުގެ ބޭނުންތައް ފުއްދައިދިނުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް އުރީދޫއިން ކުރާ މަސައްކަތުގެ މިސާލުވެސް ފެނިގެންދާ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް