ޢީދު ފާހަގަ ކުރުމަށް ހުޅުވައިލި ފުރުސަތަށް ރަނގަޅު ތަރުހީބެއް, 29 ރަށަކުން ޝައުގުވެރިކަން ފާޅުކޮށްފައިވޭ

Loading

Facebook
Twitter
WhatsApp

މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ހުޅުވައިލި ފުރުސަތަށް ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި ކުރި އިއުލާނާ އެއްގޮތަށް 26 ރަށަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން މިއަހަރު އަޟްޙާ ޢީދު ފާހަގަ ކުރުމަށް ރާއްޖޭގެ ތިން ރަށެއް ކަނޑައަޅާނެއެވެ.

ރަށްތައް ކަނޑައެޅުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކުރާނެ ޚަރަދުތަކާއި، އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެ ކަންތައްތައް ހިމެނެއެވެ.

ޢީދު ފާހަގަ ކުރުމަށް ހުށަހެޅި ރަށްތަކުގެ ތެރޭގައި ހިމެނެނީ:

ރާއްޖޭގެ އުތުރުން 7 ރަށެް.

މެދުރާއްޖެތެރެއިން 10 ރަށެއް.

ރާއްޖޭގެ ދެކުނުން 9 ރަށެއް.

މީގެއިތުރުން ބައެއް ރަށްރަށުން ވަނީ އިއުލާނުގައިވާ ސުންގަޑީގެ ފަހުން ހުށަހެޅުންތައް ފޮނުވާފައެވެ. ނަމަވެސް އެ ހުށަހެޅުންތައް ބަލައި ނުގަތުމަށް ވުޒާރާއިން ވަނީ ނިންމާފައެވެ.

ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމަށް އެ ވުޒާރާއިން ޚާއްސަ ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށާއި ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުންޏެވެ.

“މި ވުޒާރާއިން މަސައްކަތް ކުރަމުން ދަނީ ޕްރޮޕޯޒަލްތައް ބެލުމާއި މާކްސް ދިނުމުގެ ކަންކަން ނިންމައި، ކަނޑައެޅޭ ރަށްތަކަށް ފެށޭ ހަފްތާގެ ތެރޭގައި އެކަން އެންގުމަށް“ ވުޒާރާއިން ބުންޏެވެ.

މާކުރަތުގައި އީދު ފާހަގަކުރުން. ފޮޓޯ: ދަ ޕްރެސް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް