ދެވަނަ ފިޔަވަހީގެ ބީޗު ސަރަހައްދުގައި ހަދާފައިވާ ހަޓުތައް ނަގަން އެޗްޑީސީން އަންގައިފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގެ 2 ވަނަ ފިޔަވީގެ ރުއްގަނޑު 3 ގެ ބީޗު ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓުތަކާއި އެތަނުގައި ބަހައްޓާފައިވާ ތަކެތި ނަގަން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އަންގައިފިއެވެ.

ެއެޗްޑީސީން ބުނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މި ތަކެތި ނަގާފައި ނުވާނަމަ، މި ތަކެތި ނަގައި ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން ތަކެއްޗަށް ލިބޭ ގެއްލުމަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗު ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓުތައް ހަދާފައިވަނީ އެކިއެކި ވިޔަފާރީގެ ބޭނުށެވެ.

“ނަމަވެސް އެ ތަނަކީ އަދި ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށްވާތީއާއި، ވަސީލަތްތައް ގާއިމުވެފައި ނުވާތީ ގިނަ ދަތިތަކެއް ކުރިމަތިވޭ.“ އެޗްޑީސީން ބުންޏެވެ. 

މީގެ އިތުރުން އެ ސަރަހައްދު މިހާރު ބޭނުންކުރެވެމުންދާ ގޮތުން ތަން ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ވެސް ގިނަ ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ އެ ސަރަހައްދުގައި ވަގުތީ ގޮތުން ހަދާފައިވާ ހަޓުތައް ނަގަނީ އެ ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ.

“މި ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމު ކުރުމަށް މި ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުން.“ އެޗްޑީސީން ބުންޏެވެ. 

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ވީހާވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް