އިޒްރޭލު ފަތުރުވެރިޔާއާއި ގުޅޭގޮތުން ކުރި ޓްވީޓަށް 700،000 އަށްވުރެ ގިނަ ވިއުޒް!

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖެއަށް އައި ފަތުރުވެރިޔަކު، އޭނާއަކީ އޮޒްރޭލު ރައްޔިތެއްކަން ދިވެހިރާއްޖޭގެ ރަށެއްގެ އާންމުންނަށް އެނގުމާއެކު އޭނާ އެރަށަށް އެރިޔަ ނުދީ ހިފެހެއްޓި ޙަބަރު “ފްރެންޑްސް އޮފް ޕަލަސްޓައިން އިން މޯލްޑިވްސް” ހިންގަވާ ފަރާތުން އެކްސް، ކުރީގެ ޓްވިޓަރގައި ހިއްސާކުރުމުން އެ ޓްވީޓަށް 700،000 އަޡްވުރެ ގިނަ ވިއުޒް ލިބިއްޖެއެވެ. 

ޕޯސްޓްކުރިތާ 12 ގަޑިއިރުތެރޭގައި 300،000 ވިއުޒް ލިބި އެ ޕޯސްޓް ވައިރަލްވެފައިވާއިރު، 24 ގަޑިއިރު ވެގެން ދިޔައިރު 700،000 ފަހަރު ދުނިޔޭގެ އެކިކަންކޮޅުތަކުން މީހުން އެޓްވީޓް ބަލާފައިވެއެވެ. 

ޓްވީޓްކުރެއްވި މުއާދް މުޙައްމަދު ޒަކީ އަކީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ފްރެންޑްސް އޮފް ޕަލަސްޓައިންގެ ސިޔާސީ ލޮބީގައި 15 އަހަރު ޙިދުމަތްކޮށްދެއްވާފައިވާ ފަރާތެކެވެ. 

ފްރެންޑްސް އޮފް ޕަލަސްޓައިންގެ ބައިނަލްއަޤްވާމީ ގޮފިތަކުން ވަރަށްފަހުން އަލްޤުދުސް ޕާލިމެންޓޭރިއަނުންގެ ބައްދަލުވުމެއް އިސްތާންބުލްގައި ބާއްވާފައިވާއިރު، އޭޝިއާއާއި، ޔޫރަޕާއި، މެދު އިރުމައްޗާއި، އެފްރިކާގެ 400 އަށްވުރެ ގިނަ ޕާލިމެންޓޭރިއަނުން އެބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް