ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ޝަރީއަތަށް ސަރުކާރުގެ ނުފޫޒު އޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވުމުން އެކަމާ ޕްރެޝަރު ބޮޑުވެ ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުން ޑިފެންސަށް ކުޅެން ޖެހިއްޖެއެވެ.
ެައައްޑޫގައި ރޭ ބޭއްވި ކެމްޕޭން ހަރަކާތެއްގައި އަސްލަމް ވަނީ ޔާމީންގެ ޝަރީއަތް ލަސްވަނީ ސަރުކާރުން އެ މައްސަލައިގެ ތެރެއަށް އަތްބާނާތީކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި ޝަރީއަތް ލަސްވާ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.
“ރައީސް ޔާމީންގެ ޝަރީއަތް [ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ވ.އާރަށުގެ މައްސަލަ] ހުރިހާ އަޑުއެހުންތައް އަޑުއަހާ ނިމުމަށްފަހު އަދިވެސް އެ އޮތީ ހުކުމް ކުރަންޖެހޭ ހިސާބުގައި. 4 މަސް ވީއޭ. 4 މަސްވެގެން މިދިޔައީ އަދިވެސް ހުކުމް އިއްވާ ނުލެވޭ އެހެންކަމުން ސަރުކާރުން މިކަމަށް އަތްބާނާ މިންވަރު ކަމުން މި ފެންނަނީ.“ އަސްލަމް ވިދާޅުވިއެވެ.
އަސްލަމްގެ ވާހަކަތަކާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު ވިދާޅުވީ ކުރީގެ އެމްޑީޕީ ޕީޖީ ލީޑަރު އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަަސްލަމް އޭރުވެސް މިހާރުވެސް ހުންނެވީ ފުއްގަނޑެއް މޮޑޭހެން ޖޭއެސްސީ ހިޥާރުކޮށްގެން ކޯޓުތަކަށް ނުފޫޒުފޯރުވަން ކަމަށެވެ.
“އަޅުގަނޑުމެން 21 އޭޕްރީލްގައި ތިކަން ނިމުމަކަށް ގެންނާނަން.“ ޝިޔާމް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ވާހަކަދެއްކެވި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ އިސް ބޭފުޅެއްކަމަށްވާ އިބްރާހިމް ޝުޖާއު ވަނީ އަސްލަމަކީ ޔާމީންގެ ޝަރީއަތް ލަސްވާ ވާހަކަ ދައްކަވަން އެންމެ ތާހިރު މީހާތޯ ސުވާލުކުރައްވައިފައެވެ.
“ރައީސް ޔާމީންގެ މައްޗައް އިއްވާފައިވާ ހަރާމް ހުކުމް މައްސަލާގައި ތިބޭފުޅާ އާވެސް އަޅުގަނޑުމެން ގޮސް ވާހަކަ ދެއްކީމޭ ތިބޭފުޅާގެ ވެރިކަމުގަ. ދެއްވި ޖަވާބު ކަންފަތުގަ އެބަހުއްޓޭ ހަރުލާފަ. ތިބޭފުޅާ އެދުވަހު ވިދާޅުވީ ރައީސް ޔާމީން އޮންނަންޖެހޭނީ ޖަލުގަ ކަމަށް. ގެއަށް ބަދަލު ކުރެވޭނީ އިބޫއަށް 2 ވަނަ ދައުރެއް ލިބުނީމަކަމަށް. ނަމަވެސް މިނިވަނެއް ނުކުރެވޭނެ ކަމަށް“ މިއަދު ވެސް ބާރު އޮތީ އެމްޑީޕީގައިކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވިއެވެ.
މީގެއިތުރުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަސްލަމްގެ ލަދުހަޔާތް ކޮބައިތޯ ސުވާލު ކުރައްވައިފައެވެ.
“އަޅުގަނޑު ކައިރީ ކަލޭ ބުނީ ލާހިކެއް ނޫނޭ އިންތިޚާބުގެ ފަހުން ނޫނީ ރައީސް ޔާމީން ގެއަށް ވެސް ގެންނާކަށް“ ސަލީމް ވިދާޅުވިއެވެ.
އަސްލަމްގެ ވާހަކައާ ގުޅިގެން ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންނާއި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ވަނީ ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވައިފައެވެ.
5 Responses
އަސްލަމް ތިވާހަކަ ނަގައިގެން ތިއުޅެނީ ދެބޯގެރި ދުއްވަން….ރާފުޅި ހިފައިގެން މޭޒު ކައިރީ ކަޅިވެފަ އިނީ…އިދިކޮޅުން ޔާމީނުގެ ވާހަކަ ދައްކާއިރު މިވާހަކަ ވެސް ފާހަގަ ކުރައްވާތި.
މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހޭ ކިޔާ ލަދުހަޔާތް ކުޑަ މެޖޯރިޓީގެ ރައީސް އައްޑޫ އަސްލަމް އަށް އަދިވެސް އިތުރަށް ބޮވޭނެ ގޮތެއްހޯދާ ދެވޭތޯ އެމް.ޑީޕީ ބަލައިފި.
ނަސީބެއް މިޒަމާނުގެ ވީޑީއޯ ކްލިޕް އާއި އޯޑިއޯ ވަގުތުން ރެކޯޑްކޮށް އެމީހަކު ފޯނުން ޓިސްލާފައި ފަތުރާލެވޭކަން. މިއަދި އެކަކު އަނެކަކަށް ގުދޯ ގުދޯ ގޮވުމުގެ ބޭނުމެއް ނެތެވެ. ޔާމީނުގެ ހުސްގޮނޑި ބަހައްޓައިގެން އެ ލެވި ހަޅޭކާއި މާތް ﷲ ގެ އިރާދަފުޅާއި އެކު ވެރިކަން ލިބުނީމާ ދެއް ތިހަދަމުން ގެންދާ ދޮގުތަކާއި ދައްކާ ބަހަނާތައް ނޭގޭ ކާކުތޯއެވެ ހުރީ؟ ހަމަ އެހެންމެ ބޮޑުވަގު އަދީބު އާއި އޭނާގެ ވަގު ބައިވެރީންނަށް އަސްލަމުމެން މަޢާފު ދީފައި ޔާމީނު އިންދާލީ އެ ގުރޫޕުންކަން ނޭގޭ މީހަކުވެސް ނެތެވެ. ހަމަ ހުސް ލަނޑައެވެ. ބޯވަތަކެއް ކަހަލައެވެ. ބޭނުން އިރަކު ކުލަބަދަލުކޮށްލާ ރާގުވެސް ބަދަލު ކޮށްލަތެވެ.
ތިޔަބުނާ ހަރާމް ކޯރު އަސްލަމު އެ ދެއްކެވި ވާހަކައެއް ދެއްކިއިރު އޭނާ ހުރީ ނަށާ ޖޫސް ހިއްޕަވައިގެންތޯ ބެއްލެވިނަމަ އެނގުނީސް އޭނަ އެދެއްކި ވާހަކައަކީ އޭނަ ދައްކަން ތާހިރު މީހެއް ނޫންކަން. ނަށާ ޖޫސް ހިއްޕަވާ މީހުންގެ ދުލުން ތެދުބަސް ނިކުތުމަކީ ނާދިރުކަމެއް ގުރޫޕު ސެކުސް ކުޅުނު އަނދުން ހުސެއިނާއި ތިޔަ ވާނުވާ އަސްލަމާއި ދެމީހުން ހިއްޕަވަން ތިބި ވީޑިއޯތަކާއި ފޮޓޯތަށް ސޯޝަލް މީޑިޔާގައި ދައުރުވަމުން ދާއިރު ސާފުތާހިރު ސަރުކާރެއްގެ ބޮލުގަ އިލްޒާމު އެޅުވުމަކީ ރައިޔަތުން ގަބޫލުކުރާނެ އިލްޒާމެއް ނޫން
Thedheh vaane Hama thedhakah.