ހުޅުމާލެ 3 ވަނަ ފިޔަވަހި: 15 ހެކްޓަރުގެ ބިން ހިއްކައި ނިމއްޖެ

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 15 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާކަމަށް އެޗްޑީސީއިން މިއަދު ބުނެފިއެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު މިހާތަނަށް 15 ހެކްޓަރުގެ ބިން ވަނީ ހިއްކައި ނިމިފައި ކަމަށެވެ.

މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެ ފަޅުތެރެއިން ފޭސް ތިނެއްގެ ދެވަނަ ބައި ހިއްކަން ފެށީ މިދިޔަ ޑިސެމްބަރުގައެވެ. މި މަޝްރޫއުގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

ހުޅުމާލެ ފޭސް ތިނެއްގެ މަަސައްކަތް ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް (ސީއެމްސީ) އާ އެވެ. ބިން ހިއްކުން ކުރިއަށްގެންދަނީ ބޮސްކާލިސް ކުންފުނިންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް