އެކްސިޑެންޓުވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ދިޔަ މައްސަލައަކާ ގުޅިގެން ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.
މިކަން ހާމަކޮށް ފުލުހުންގެ ވެބްސައިޓްގައި ވީޑިއޯ އާންމުކޮށް ފުލުހުން ބުނީ އެ ވީޑިއޯ އިން ފެންނަ ފަރާތްތަކަކީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، އެކްސިޑެންޓް މައްސަލައަކާ ގުޅިގެން އެކްސިޑެންޓް ވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ ބައެއް ކަމަށެވެ.
އެގޮތުން އެއީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ ބައެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެހެން ކަމުން ވީޑިއޯއިން ފެންނަ ފަރާތްތަކާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައި ވެއެވެ.
![]()
