ސަރުކާރުން ހިލޭ ދޭ ކާޑު ބަހަން ފަށައިފި

Loading

Facebook
Twitter
WhatsApp

ރޯދަ މަހާ ދިމާކޮށް ކޮންމެ ގޭބީސީއަކަށް ހިލޭ ބަހަން ސަރުކާރުން ނިންމި ހަނޑުލާއި ފުށް ބެހުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މާލޭސިޓީގައި ކާޑު ބެހުމުގެ މަސައްކަތް ކުރިއަށްދަނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.

ސިޓީ ކައުންސިލުން ބުނީ ރޯދަމަހާ ދިމާކޮށް ސަރުކާރުން ބަހާ ކާޑު ބަލާ ދާން ޖެހޭނީ ދިވެއްސަކު ކަމަށާއި ހަނޑޫ އަދި ފުށް ބަލާ ދާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓް ގެންދަން ޖެހޭނެ ކަމަށެވެ.

އަދި ކާޑު ދޫކުރާނީ ކޮންމެ ކަރަންޓް މީޓަރުގެ ނަންބަރަކަށް ކަމަށާއި ކާޑާއި ހަވާލުވާން ދާއިރު މީޓަރު ނަންބަރު ދައްކަން ޖެހޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މިއަދުން ފެށިގެން 16ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ކާޑު ބެހުން ކުރިއަށް ދާނެއެވެ. ނަމަވެސް މުލަ ރޯދަ ދުވަހާއި ހުކުރު ދުވަހު ކާޑު ބެހުން ބަންދުވާނެއެވެ.

މާލޭގައި ކާޑު ބެހުމުގެ އިންތިޒާމު ހަމަޖެހިފައިވާ ތަންތަން:

ސިޓީ ކައުންސިލުގެ އާންމު ޚިދުމަތްތަކާ ބެހޭބައި

ސޯޝަލް ސެންޓަރު

ގަލޮޅު ދަނޑު

ވިލިމާލެ/ބިއްރި މިސްކިތް ހޯލު

ހުޅުމާލެ ފޭސް އެކެއް – އުމަރު ޒާހިރު ބިލްޑިން

ހުޅުމާލެ ފޭސް ދޭއް – ހިޔާ ޓަވަރު 10 ޔޫތު ސެންޓަރު

މާލޭގައި ކާޑު ދޫކުރާނެ ގަޑިތަކަކީ، ހެނދުނު 10:00 އިން ހަވީރު 16:00 އާއި ރޭގަނޑު 20:30 އިން 23:00 އަށެވެ. ރޯދަމަހު އެ މަސައްކަތް ކުރިއަށްދާނީ ހެނދުނު 09:30 އިން މެންދުރުފަހު 13:00 އަށެވެ. ރޭގަނޑު 21:00 އިން 23:30އަށެވެ.

މާލޭ ސިޓީގައި ސަރުކާރުން ހިލޭ ދޫކުރާ ކާޑު ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ދޫކުރަމުން އަންނައިރު ރަށްރަށުގައި ކާޑު ބެހުމުގެ ކަންކަން ކުރިއަށްގެންދާނީ ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށް ސަރުކާރުން ހާމަކުރެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް