ރޯދަމަހު އެއްވެސް އިންތިޚާބެއް ނުބޭއްވޭ ގޮތަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ރޯދަމަހު އެއްވެސް އިންތިޚާބެއް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު, ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު މި ބިލު ތަސްދީގު ކުރައްވައިފިއެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ފޮނުވުމުން ރައީސް ވަނީ އެ ބިލު އަނބުރާ ފޮނުވައިލައްވައިފައެވެ.

ބިލު އަނބުރާ ފޮނުވައިލެއްވީ ބިލުގައި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތައާރުޒުވާ ކަންކަމާއި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން އިންތިޚާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖުރާއާތުތައް ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި އެކަންކަން އިކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ބަންޑާރަނައިބު ލަފާދެއްވުމުންނެވެ.

އެގޮތުން މަޖިލީހުން ބިލަށް ބަދަލެއް ނުގެނެސް އަލުން ފޮނުވުމުން ރައީސް މިއަދު ބިލު ތަސްދީގުކުރެއްވީ ބަންޑާރަ ނާއިބު ލަފާފުޅާއެކުއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބާއްވަން ނިންމާފައި އޮތީ މާޗު 17 ގައެވެ.

ނަމަވެސް ރައީސް މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން މަޖިލިސް އިންތިޚާބު ދެން ބޭއްވޭނީ ރޯދަ މަސް ނިމި 10 ދުވަހުގެ ފަހުންނެވެ.

މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާބެހޭ ޚާއްސަ ޖަލްސާއެއް މިރޭ 9:00 ގައި ބާއްވަން ވަނީ ނިންމާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް