ރައީސް ކަމާ ހަވާލުވި ފަހުން ދިމްޔާތުގައި ހުރިއިރު ހުރިހާ ޚަރަދެއް ކުރީ އަމިއްލައަށް: ރައީސް

Loading

Facebook
Twitter
WhatsApp

މުލީއާގެ މަރާމާތު ކުރެވެންދެން އަމިއްލަ ގެކޮޅު ދިމްޔާތުގައި މަޑުކުރައްވަން ޖެހިވަޑައިގެންނެވި މުއްދަތުގައި ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރައްވާފައިނުވާނެ ކަމަށް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

“ރައީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިން ށ.ފުނަދޫ/ނީލްވިލާ އާމިނަތު ނަޖްމާ މިއަދު ވަނީ ރައީސް ދެކަނބަލުންގެ ފަރިއްކޮޅަށާއި އަމިއްލަފުޅު ގޭގެ ޚަރަދުބަރަދަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްފި ކަމަށް ފަތުރާ ވާހަކައިގެ ހަގީގަތާ ގުޅޭ ގޮތުން ސުވާލު ދަންނަވައިފައެވެ.

ވެރިކަމުގެ ހުވާކުރައްވައި ދިމްޔާތުގައި ހުންނެވި ދުވަސްތަކުގައި 25 މިލިއަން އަދި ފަރިއްކޮޅުގެ ޚަރަދަށް 30 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުވެގެންދިޔަ ކަމަށް ވަނީ އަޑުފެތުރިފައެވެ.

ރައީސް ވިދާޅުވީ ގެކޮޅުގައިގަ ހުންނެވި ދުވަސްތަކަށް 25 މިލިއަން ރުފިޔާ ޚަރަދުކުރި ވާހަކަ އެއީ ހަމަ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ގެކޮޅުއި ހުންނެވީ އަމިއްލަފުޅަށް ޚަރަދު ކުރައްވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފަރިއްކޮޅަށް ހޭދަވިކަމަށް ބުނާ 30 މިލއަންގެ ވާހަކައަކީ ބުއްދީގެ ގޮތުން ބަލާއިރު ވެސް ގަބޫލުކުރަން ދަތިވާހަކައެއް މުލިއާގޭގެ ކެއުމަށް ވެސް އަހަރަކު ހަމަޖެހިފައި އޮންނަނީ 700,000 ރުފިޔާގެ ބަޖެޓެއް ކަމަށް ރައީސް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް