ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އުފައްދަވަން މަސައްކަތްޕުޅު ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ޕާޓީ އުުފެއްދުމަށް ބޭނުންވާ ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފިއެވެ.
އީސީގެ ނައިބު ރައީސް މިއަދު ވިދާޅުވީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް 2023 ނޮވެމްބަރ 29 ވަނަ ދުވަހު އެ ކޮމިޝަނުން ހުއްދަދީފައިވާ ޔާމީންގެ ދަރިކަލުން ޒެއިންގެ ފަރާތްޕުޅުން ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކުުރާ މުއްދަތުގައި އެ އަދަދަށް ފޯމު ހުށަހަޅުއްވައިފައިވާ ކަމަށެވެ.
ޙަބީބު ވިދާޅުވި ގޮތުގައި ޒެއިން ހުށަހެޅުއްވީ 3060 ފޯމެވެ.
ޙަބީބު ވިދާޅުވީ އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މަދުވެގެން 3000 މެންބަރުންގެ ފޯމުގެ ސައްހަކަން ކަށަވަރުވުމުން، ލަހެއް ނުވެ ޕީއެންއެފް އުފެއްދުމަށްޓަކައި ޖަލްސާ ބޭއްވުމުގެ ހުއްދަ އެ ކޮމިޝަނުން ޒެއިން އަށް އަރުވާނެ ކަމަށް ޙަބީބު ވިދާޅުވިއެވެ.