ރަމަޟާން މަހުގެ ރަސްމީ ގަޑި އަކީ 9 އިން 1 އަށް

Loading

Facebook
Twitter
WhatsApp

މި ފެށޭ ރަމަޟާން މަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އން މެންދުރުފަހު 1:00 އަށް ކަމަށް ހަމަޖައްސައި ރައީސް އޮފީހުން މިއަދު އެކަން ހާމަކޮށްފިއެވެ.

ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ހަމަޖައްސައި 2022 މާރިޗު 6 ގައި ވަނީ އެކަމާބެހޭ ދެންނެވުމެއް ނެރެފައެވެ.

އެހެންކަމުން މި އަހަރުގެ ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ކުރިއެކޭވެސް އެއްގޮތަށް ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ދުވަސްތަކުގައި އެ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އޮފީހުން ވަނީ އަންގައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް