ދިއްދޫގެ އެއާޕޯޓް މަޝްރޫއު ހަގީގަތަކަށް ހަދައިދޭނަން: ރައީސް

Loading

Facebook
Twitter
WhatsApp

ދިއްދޫގެ އެއާޕޯޓް މަޝްރޫއު ހަގީގަތަކަށް ހަދައިދޭނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވީ އެއް ކަމަކީ ދިއްދޫގައި އެއާޕޯޓް ހެދުމުގެ ވައުދު ކަމަށާއި އެއާޕޯޓް މަޝްރޫއު ހަގީގަތަކަށް ހަދައިދޭނެ ކަމަށެވެ.

“ދެން ހަމަ އެއާއެކީ ހަމަ ވައުދުވީ ރައްޔިތުން ބޭނުންވާ އަނެއް ކަންތައް. ވައިގެ ބަނދަރު, އެއާޕޯޓު. އެކަން އިރާދަކުރެއްވިއްޔާ ހަމަ ހަގީގަތަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަން މިއަދުވެސް ދެން ހަމަ ތިޔަބޭފުޅުންނަށް.“

ރައީސް ވިދާޅުވީ ވައުދުވެވަޑައިގަންނަވަނީ އެކަން ކުރަންޖެހޭ ކަމަށް ގަބޫލުކޮށްގެން ކަމަަށާއި ހަމަ ރައްޔިތުން ހިތްހަމަޖައްސާލާކަށެއް ނޫން ކަމަށެވެ.

އެއާޕޯޓު މަޝްރޫއު ކުރިއަށްދާއިރުގައި ރަށަށް ބޭނުންވާނެ އިތުރު ބިންވެސް ހިއްކަންޖެހޭނެ ކަމަށާއި އެހެންކަމުން އިތުރު ބިން ހިއްކުމުގެ މަޝްރޫއުއަކާ އެކީގައި ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް