މާރިޗު މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

Loading

Facebook
Twitter
WhatsApp

މި ފެށޭ މާރިޗު މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ”އަހާ“ ފޯރަމުގައި ރޭ އެމަނިކުފާނާ އާންމު ފަރާތްތަކުން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މާރިޗު މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާ ކަމުގެ އިތުރުން ރައީސް ދެއްވި ޖަވާބުތަކުގެ ތެރޭގައި މި ސަރުކާރުން ފެށްޓެވުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވަރަށް އަވަހަށް ފެށުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުގެ އެކި މަޝްރޫއުތަކުގެ ތެރެއިން ގެދޮރު އެޅުމުގެ އެކިއެކި މަޝްރޫޢުތައް މާލޭސިޓީ އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިއަހަރު ތެރޭގައި ފެށޭނެކަމަށްި ވިދާޅުވިއެވެ.

މީގެއިތުރުން ހަފުތާ 14ގައި ހިމެނޭ 161 ވައުދުގެ ތެރެއިން 150 ވައުދުގެ %100 ހާސިލުކުރެވިއްޖެކަމާއި ބާކީހުރި ވައުދުތަކުގެ %80 އަށްވުރެ މައްޗަށް ހާސިލުކުރެވިފައިވާކަމަށް ވެސް ވިދާޅުވިއެވެ. އަދި އިގުތިސާދު ހަރުދަނާކޮށް ފުޅާކޮށް ދަރަނި ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިސްކަމެއްދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ޕަރފޯމިންގ އާރޓިސްޓުންނަށާއި ފަންނުވެރިންނަށް މަގުފަހިކޮށްދިނުމަށް ޚާއްސަ ވިލެޖެއް ނުވަތަ ސެންޓަރެއް ގާއިމުކުރުމާއި މެދުރާސްތާ އަދި ދުރުރާސްތާ ޕްލޭންއެއްގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔުނިވަރސިޓީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުންފަދަ އެކި މައުޟޫއުތަކަށް އާންމުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.

Loading

One Response

  1. އަހަރެންގެ ސުވާލެއް :- ރައީސުލްޖުމްހޫރިއްޔާ އަދި ފަސްޓް ލޭޑީ ދިމްޔާތުގައި ބެހެއްޓި ކުއްޔާއެކު 25 މިލިޔަން ދީފައިވަނީ ގޭގެ ވެރި ފަރާތުން ޑޮކްޓަރ މުޢިއްޒުގެ ބިލަކަށްތޯއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް