ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފި

Loading

Facebook
Twitter
WhatsApp

ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުމާބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.

މިރޭ މެންދަމު 2:30 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވަނީ ވ.އަތޮޅުން ފެށިގެން ގދ.އަތޮޅަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި މިއަދު ވަނީ ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށް ވެސް ފެން ވަދެފައެވެ. އޭގެތެރޭގައި ލ.ގަމާއި މ.މުލަކު ހިމެނެއެވެ.

https://twitter.com/MNDF_Official/status/1760377123120787509?t=i1evaGtfikVWdDukSNKMAw&s=19

މީގެއިތުރުން ތިލަފުށިން މާލެއަށް ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏަކަށް ދިޔަވުމުގެ ސަބަބުން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން މިރޭ ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

https://twitter.com/MNDF_Official/status/1760334730921226476?t=10pX4mjz-9F99g-ySNTlsA&s=19

އެގޮތުން އެ ދޯނީގެ ކުރޫއިން ފިޔަވައި ދޯނިން ދަތުރު ކުރި ހަތް މީހުން ވަނީ ވިލިމާލެއަށް ގެންގޮސްދީފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް