ދުންކީ އަކީ ޚާއްސަ ފިލްމެއް އަދި އަހަރެންގެ ހިތާ ގާތް ފިލްމެއް: ޝާހު

Loading

Facebook
Twitter
WhatsApp

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރި ”ދުންކީ“ އަކީ ޚާއްސަ ފިލްމެއް ކަމަށާއި އަދި އޭނާގެ ހިތާ ގާތް ފިލްމެއް ކަމަށް ބޮލީވުޑްގެ ސުޕަ ސްޓާރް ޝާހުރުކް ޚާން ބުނެފިއެވެ.

ޝާހު ލީޑް ރޯލުން ފެނިގެންދާ ދުންކީ އާއި ގުޅޭގޮތުން ޝާހު ބުނީ މިއީ އޭނާގެ އެންމެ ”ޚާއްސަ“ އެއް ފިލްމު ކަމަށެވެ.

މިއީ އޭނާގެ ހިތާ ވަރަށް ގާތް ފިލްމެއް ކަން ހާމަކޮށް ޝާހު ބުނީ މި ރީތި ފިލްމު ނެޓްފްލިކްސް މެދުވެރިކޮށް ބެލުންތެރިންނާ ހިއްސާ ކުރެވޭތީ ޝުކުރުވެރިވާ ކަމަށެވެ.

މި ފިލްމަކީ މަސްހުނި އިހްސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ރޯލާކޯސްޓާ ރައިޑެއް ކަމަށާއި ރައްޓެހިންގެ ގްރޫޕެއްގެ މި އާދަޔާހިލާފު ދަތުރުގެ މައްޗަށް ކުޅެފައިވާ މި ފިލްމު ގިނަ ބައެއްގެ ހިތްތައް ފަތަހަ ކުރާނެކަމަށް ޝާހު ވަނީ ބުނެފައެވެ.

ދުންކީ އަކީ ހިޖުރަ ކުރުމާއި ގުޅޭ ގޮތުން ހަދާފައިވާ ސޯޝަލް ކޮމެޑީއެކެވެ.

ދުންކީގެ މަންޒަރުތައް އިންޑިއާގެ އިތުރުން ޔޫރަޕާއި ސައުދީ އަރަބިއްޔާގެ އަދި އެމެރިކާގެ ބައެއް ހިސާބުތަކުގައި ޝޫޓްކޮށްފައި ވެއެވެ.

ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ ޑައިރެކްޓުކޮށްފައިވާ ދުންކީގެ ކާސްޓުންގެ ތެރޭގައި ޝާހުގެ އިތުރުން ބަތަލާ ތާޕްސީ ޕަންނޫ، ބޮމަން އިރާނީ، ސަތިޝް ޝާހް، ވިކީ ކޯޝަލް އަދި ކުރީގެ އެކްޓަރު ދަރުމެންދްރަ ހިމެނެއެވެ.

ދުންކީގެ އިތުރުން ޝާހުގެ އެންމެ ފަހުގެ ފިލްމީ މަސައްކަތްތައް ކަމަށްވާ ”ޕަތާން“ އާއި ތަމަޅަ ޑައިރެކްޓަރުގެ ފިލްމު ”ޖަވާން“ ވެސް ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް