ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން އައިޑީކާޑު ދޫކުރަން ޑީއެންއާރުން ނިންމައިފި

Loading

Facebook
Twitter
WhatsApp

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އާ ކުރުމަށްފަހު ނުވަތަ އަލަށް ކާޑު ހެއްދުމަށްފަހު ވެސް ކާޑު ނެގުމަށް ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން އެހެން މީހުންނަށް އައިޑީކާޑު ދޫކުރަން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން (ޑީއެންއާރް)އިން ބުނެފިއެވެ.

މިކަން ހާމަކޮށް ޑީއެންއާރުން ނެރުނު ސާކިއުލާއެއްގައި ބުނީ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން އައިޑީކާޑުގެ ވެރިފަރާތްނޫން އެހެން ފަރާތަކަށް ކާޑު ދޫކުރަން ނިންމާފައިވާ ކަމަށެވެ.

ކާޑުގެ ވެރިފަރާތް ހާޒިރު ނުވި ނަމަވެސް ވެރި ފަރާތުގެ ސިޓީއެއް ހުށަހަޅައިގެން އެ ސިޓީގައިވާ ފަރާތަކަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އައިޑީކާޑު ދޫކުރާނެ ކަމަށް ޑީއާންއެރުން ހާމަކުރެއެވެ.

މީގެ އިތުރުން ޑީއެންއާރުން ބުނީ މި ނިޒާމަށް އަމަލު ކުރަން ފެށި ނަމަވެސް ސިޓީ މެދުވެރިކޮށް ކާޑު ނެގުމަށްފަހު ވެރިފަރާތަށް ކާޑު ނުލިބިގެން އެ ޑިޕާޓްމަންޓަށް ޝަކުވާއެއް ހުށަހަޅައިފިނަމަ އެ މައްސަލައެއް ފުލުހަށް ހުށަހަޅާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް