ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި

Loading

February 14, 2024
sandhaanu news
Facebook
Twitter
WhatsApp

ކ.ގުޅީފަޅު ހިއްކުން މަޑުޖައްސައިލަން ހައިކޯޓުން އަމުރުކޮށްފިއެވެ.

ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ހައި ކޯޓުން އަމުރު ކުރި އިރު އެ ފަޅުން ހިއްކަން ހަމަޖެހިފައިވާ 150 ހެކްޓަރުގެ ބިމުން 100 ހެކްޓަރަށް ވުރެ ބޮޑު ބިމެއް ވަނީ ހިއްކާ ނިންމާފައެވެ.

ގުޅީފަޅު ހިއްކުމުގެ މަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ވާކަމަށް ބުނެ، އެ މަޝްރޫޢު ހުއްޓުވަން އެދި އެ މައްސަލަ ހުށަހަޅާފައި ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް ގޮވައިލާ އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު އެވެ.

އެގޮތުން މި މައްސަލައިގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި މައްސަލަ ބެއްލެވި ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ވަނީ މައްސަލަ ނިމެން ދެން ގުޅިފަޅު ހިއްކުމުގެ މަޝްރޫޢު ހުއްޓުވަން އަމުރުކޮށްފައެވެ.

ހައި ކޯޓުގެ ހުކުމްގައި ބުނީ އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެ ނުދީފިނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.

މީގެ އިތުރުން މި މަޝްރޫޢު ހުއްޓާލުމުގެ ސަބަބުން ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ މާލީ ގެއްލުންތަކަށް ވުރެ މަޝްރޫޢު މެދުނުކެނޑި ކުރިއަށް ގެންގޮސްގެން ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށް ވެސް ހައި ކޯޓުން ނެރުނު ހުކުމުގައި ބުނެފައި ވެއެވެ.

Loading

One Response

  1. Humaida ah gellun vi iru, gaumah libey gellumah fandiyaarun loa mere keevve.? Vettah gellun nuvaane Kan kashavaru koffa bridge aai ehenihen lakka masakkaiy high court ge belumuge dhashah gennan jehey. Eba.

Leave a Reply

ފަހުގެ އަޕްޑޭޓް