ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ގާއިމް ކުރުމަށްޓަކައި ކުންފުންޏަކާއެކު ސޮއި ކޮށްފިއެވެ.
މިކަން ހާމަކޮށް އެޗްޑީސީން މިއަދު ބުނީ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ގާއިމް ކުރުމަށްޓަކައި، އެ ކޯޕަރޭޝަނުން ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެގޮތުން މުޅި ޖުމްލަ 32 އާ ލިފްޓް ބަހައްޓާނެއެވެ.
މީގެ ތެރޭގައި ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެއް ހިމެނޭކަމަށް އެޗްޑީސީން ހާމަކުރެއެވެ.
އެޗްޑީސީން ބުނީ މި މަޝްރޫޢުގެ މަސައްކަތް މިހަރު ފަށާފައި ވާއިރު، މި މަސައްކަތް އެއް އަހަރު ދުވަސް ތެރޭ ނިމޭނެ ކަމަށެވެ.
މި މަޝްރޫއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ލިފްޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މި ލިފްޓުތައް ގާއިމް ކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވާނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ވީހާވެސް ފަސޭހަ ވާނެހެން ކަންތައް ކޮށްދިނުމަށް ކަމަށެވެ.