ރައީސް ޔާމީނުގެ ތާއިދާއެކު 83 ކެންޑިޑޭޓުން ވާދަކުރައްވާނެ, 36 އެއީ ޕީއެންސީ ތެރެއިން

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ތާއީދާއެކު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 83 ކެންޑިޑޭޓުން ވާދަކުރައްވާނެކަމަށް އެމަނިކުފާނުގެ ފަރާާތްޕުޅުން ހާމަކުރައްވައިފިއެވެ.

ރައީސް ޔާމީން އުފައްދަވާ ސިޔާސީ ޕާޓީ ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ރައީސް ޔާމީންގެ ތާއީދާ އެކު މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ 28 ބޭފުޅަކު އިއްޔެ ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި 19 ބޭފުޅަކު މިއަދު ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ތާއީދާއެކު ޖުމްލަ 83 ކެންޑިޑޭޓުން ވާދަކުރައްވާނެ ކަމަށާއި 36 ކެންޑިޑޭޓުންނަކީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ބޭފުޅުން ކަމަށް މަލީހް ވިދާޅުވިއެވެ.

މަލީހް ވިދާޅުވީ ބާކީ 10 ދާއިރާއާމެދު އަމަލުކުރާނެ ގޮތް ފަހުން ހާމަކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ތާއީދާ އެކު އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ވޯޓު ކަރުދާހުގައި ޕީއެންއެފް ތަމްސީލުކުރާ ދަނބުކުލަ ހުންނާނެ ކަމަށާއި ރައީސް ޔާމީންގެ ތާއީދާއެކު ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް ފަހުން ހާމަ ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް