އެމްޕީއެލްގެ މުވައްޒަފުންނަށް ކެންސަރ ސްކްރީނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގެ މުވައްޒަފުންނަށް ކެންސަރ ސްކްރީނިން ޕްރޮގްރާމެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.

އެމްޕީއެލްއިން މިއަދު ބުނީ ހުޅުމާލެ ހޮސްޕިޓަލާއި އެ ކުންފުނި ގުޅިގެން ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ބައިނަލްއަގުވާމީ ކެންސަރު ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.

“މި ޕްރޮގްރާމަކީ މި ކުންފުނީގެ މުވައްޒަފުންގެ މެދުގައި ކެންސަރު ބަލީގެ ހޭލުންތެރިކަން އިތުރުވުމާއި، އެ ބަލިން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތުތައް ދިނުމުގެ ގޮތުން ހިންގި ހަރަކާތެއް.“ 

މި ޕްރޮގްރާމްގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި ކަމަށް އެމްޕީއެލްއިން ބުންޏެވެ.

މި މަހުގެ ދެވަނަ ދުވަހު އެމްޕީއެލް އާއި އައިޖީއެމްއެޗް ގުޅިގެން ވަނީ ”ބްލަޑް ޑްރައިވް“ ހަރަކާތެއް ވެސް ބާއްވައިފައެވެ.

އައިޖީއެމްއެޗްގެ ބްލަޑް ބޭންކަށް އެހީތެރިވެދިނުމުގެ ގޮތުން އައިޖީއެމްއެޗްއާ ގުޅިގެން އެމްޕީއެލްއިން މާލޭ ނޯތު ހާބަރގައި ކުރިއަށް ގެނަްދިޔަ ”ބްލަޑް ޑްރައިވް“ ގައި އެ ކުންފުނީގެ ގިނަ މުވައްޒަފުުންތަކެއް ވަނީ ބައިވެރިވެ، އައިޖީއެމްއެޗްގެ ބްލަޑް ބޭންކަށް ވަނީ ލޭ ހަދިޔާކޮށްފައެވެ. 

ފޮޓޯތައް: އެމްޕީއެލް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް