ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ރަޖިސްޓްރީ ކުރަން ހުޅުވައިލި މުއްދަތުގައި 13,378 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާޢީލު ޙަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރީރަޖިސްޓަރީ ކުރަން އިލެކްޝަންސް ކޮމިޝަނުން ދިން 7 ދުވަހުގެ މުއްދަތުގެ ތެރޭގައި ރީ ރަޖިސްޓަރީ ކުރުމަށް 13,378 މީހުން ހުށަހަޅާފައިވާ ކަމަށެވެ.
އޭގެތެރެއިން 11,919 މީހުން ރީ ރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށާއި 1,459 ހުށަހެޅުމެއް ބަލައިނުގަނެވޭ ކަމަށެވެ.
“ރާއްޖޭން ބޭރުގައި ވޯޓުލުމަށް ރީ ރަޖިސްޓަރީ ކުރުމަށް ކަނޑައަޅާފައިވާ އަދަދު ހަމަވެފައިވަނީ ހަމައެކަނި މެލޭޝިޔާއާއި ސްރީލަންކާ.“
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދައިގެ ފަހުގެ ތާރީޚެއްގައި ބާއްވަން ޖެހިއްޖެނަމަ ރީ ރަޖިސްޓަރީ ކުރުމަށް އިތުރު ފުރުސަތެއް އިލެކްޝަންސް ކޮމިޝަނުން ދޭނެކަމަށް ޙަބީބު ވިދާޅުވިއެވެ.