އަސްލަމާއި ސަލީމް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ ބަލައިގަނެ ނޯޓިސް ފޮނުވައިފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި ނައިބު ރައީސް އަޙްމަދު ސަލީމް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ ބަލައިގަނެ އެ މައްސަލާގެ ނޯޓިސް ފޮނުވައިފިއެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޙަސަން ޒިޔާއު މިއަދު ވިދާޅުވީ މި މައްސަލައިގެ ނޯޓިސް މިއަދު އަސްލަމާއި ސަލީމަށް ފޮނުވައިފައިވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅާތާ ގިނަވެގެން ތިން ދުވަސްތެރޭ އެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ފޮނުވަން ޖެހެއެވެ.

އަސްލަމާއި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ
ޕީޕީއެމް ޕީއެންސީއިންނެވެ.

އެއީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި އަސްލަމް ގަވާއިދާ ޚިލާފަށް އަމަލުކުރެއްވިކަމަށާއި އެކަން ހުއްޓުވަން ސަލީމް މަސައްކަތް ނުކުރެއްވި ކަމަށް ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް