މެއި 10 ގެ ކުރިން އިންޑިއާ ސިފައިން ބާލަން އެ ޤައުމުން އެއްބަސްވެއްޖެ

Loading

February 3, 2024
sandhaanu news
Facebook
Twitter
WhatsApp

ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ހުރިހާ އިންޑިއާ ސިފައިން މޭ 10 ވަނަ ދުވަހުގެ ކުރިން ބާލަން އެ ޤައުމުން ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ. 

މިއަދު އިންޑިއާގައި ބޭއްވި ދެ ޤައުމުގެ އިސްވެރިންގެ ބައްދަލުވުމަށްފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާ ސަރުކާރުން އެއްބަސްވީ، އަންނަ މަހުގެ 10ވަނަ ދުވަހުގެ ކުރިން އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ތިން ވައިގެ އުޅަނދެއްގެ އޮޕަރޭޝަނަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން، ރާއްޖެއިން ބޭލުމަށް ކަމަށެވެ. 

ހަމަ އެހެންމެ ބާކީ ސިފައިން މޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ގެންދިއުމަށް އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ. 

މީގެ އިތުރުން ދިއްލީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ސަލާމަތީ ދާއިރާއިންނާއި އިގްތިސާދީ ދާއިރާ އިންނާއި ތަރައްގީގެ ކަންކަމުގައި ގުޅުން ރަނގަޅުކޮށް ބަދަހިކުރުމަށް މިހާރު ހެދިފައިވާ އެއްބަސްވުންތައް މުރާޖައާ ކުރުމަށް ދެ ޤައުމުން މަޝްވަރާކޮށްފައިވާ ކަމަށެވެ. 

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އެ ކަމާ ގުޅޭ މަޝްވަރާތައް ދެ ޤައުމުގެ ސަރުކާރުން ވަނީ ފަށާފައެވެ. 

Loading

One Response

Leave a Reply

ފަހުގެ އަޕްޑޭޓް