ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިކަން ހާމަކުރައްވާފައި ވަނީ މިކަމާއި ގުޅޭ މަޢުލޫމާތު ދެއްވުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ.

ޝުޖާއު ވިދާޅުވީ ޝަމީމަށް ހަމަލާދިނީ މޫނު ފޮރުވައިގެން ތިބި ބަޔަކު އެކަން ކުރުމަށް ދުރާލައި ވަރަށް ބޮޑަށް ރާވައިގެން ކަމަށެވެ.

ނަމަވެސް މިހާރު އެއީ ކޮންބައެއްކަން ދެނެގަނެވިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

އެ ދެމީހުންގެ ވަނަވަރު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ މި ކުށުގެ ފަހަތުގައި އަދިވެސް އިތުރު ބަޔަކު ތިބޭނެ ކަމަށް ބަލައިގެން ކަމަށެވެ.

ޕީޖީއަށް ދިން ހަމަލާއަކީ ދައުލަތުގެ އެއް ބާރަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވައި މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މައްސަލަ ސާބިތުކޮށް އެ މީހުންނަށް ދޭންވާ ހައްގު އަދަބު ދޭނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލައިގެ ތަހްގީގު ކުރިއަށްދާތީ އިތުރު މަޢުލޫމާތު މި ވަގުތު ހާމަކުރެވެން ނެތްކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

ޕީޖީ ޝަމީމަށް ހަމަލާ ދީފައިވަނީ އިއްޔެ ފަތިހުގެ ވަގުތެއްގައި ސައިކަލެއްގައި ދިޔަ ދެމީހަކު މަރުތޭލެއް ބޭނުންކޮށްގެން ކަމަށް ޕީޖީ އޮފީހުން ވިދާޅުވެފައި ވެއެވެ. މިގޮތުން މި ހަމަލާގައި ޝަމީމްގެ ވައަތުގައި ވަނީ ރެނދުލާފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް