އޯގަނައިޒޭޝަން ފޯރ ސެކިއުރިޓީ އެންޑް ކޯ-އޮޕަރެޝަން އިން ޔޫރަޕް އަށް އެމެރިކާއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބް މައިކަލް ކާރޕެންޓަރ މިދިޔަ ބުރާސްފަތިދުވަހު ވިއެނާގައި އޮތް އެ ޖަމްއިއްޔާގެ ކައުންސިލް ބައްދަލުވުމެއްގައި ޔޫކްރެއިނާ ދޭތެރޭ ރައީސް ޕޫޓިންގެ ވިސްނުންފުޅު ބަދަލު ނުވާކަމަށާއި އެމަނިކުފާނުގެ މަގްސަދަކީ ޔޫކްރެއިން އެއްކޮށް ބިމާހަމަކޮށްލުން ކަމުގައި ޔޫކްރިންފޯމުން މަޢުލޫމާތު ދީފައިވާކަމަށް ޔޫކްރެއިނިސްކާ ޕްރަވްޑާއިން ހާމަކޮށްފިއެވެ.
ކާޕެންޓަރ ބުނެފައިވާގޮތުގައި މިއަންނަ އަހަރު ފެބްރުއަރީ މަހު ރަޝިޔާއިން ގާނޫނާ ޚިލާފަށް ޔޫކްރެއިނަށް ފުރަތަމަ ފަހަރު ވަދެގަނެ ކްރީމިއާ އަށް ވެރިވެގަތުމަށް ދިހަ އަހަރު ފުރޭނެއެވެ. އަދި މިފަހަރު ބެލަރޫސްގެ އެހީއާއެކު ޔޫކްރެއިނަށް އަރާގަތުމަށް ދެ އަހަރު ފުރޭނެއެވެ.
މިއަހަރުގެ އާއަހަރާ ދިމާކޮށް ރަޝިޔާއިން ޔޫކްރެއިންގެ ޝަހަރުތަކަށް ދޭން ފެށި ހަމަލާތަކުން ރައީސް ޕޫޓިންގެ މަގްސަދަކީ ހަމައެކަނި ޔޫކްރެއިން ވީރާނާކޮށްލުން ކަމާދޭތެރޭ ޝައްކެއް ނެތެވެ. އަދި އެގައުމުގެ ރައްޔިތުންނަށް އަމިއްލަ ވެރިކަމާއި ޑިމޮކްރެސީގެ އުފާވެރިކަން ލިބި ނުދިނުމެވެ. ރައީސް ޕޫޓިން އާއި އެމަނިކުފާނުގެ އަރިހުބޭފުޅުން ދައްކަވަމުންގެންދަވާ ވާހަކަފުޅުތަކުން މިކަން ރަނގަޅަށް ހާމަވެގެންދެއެވެ.
މިހިނގާ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ރައީސް ޕޫޓިން ވަރަށް ސާފުބަހުން އެމަނިކުފާނުގެ އޮފިޝަލުންނަށް ވިދާޅުވެފައިވަނީ މިހާތަނަށް ޔޫކްރެއިނުން ހިފާފައިވާ ހުރިހާ ސަރަހައްދަކީވެސް ފަތަހަ ކުރެވިފައިވާ ތަންތަން ކަމުގައެވެ.ރައީސް ޕޫޓިން އާއި ރަޝިޔާގެ އޮފިޝަލުންގެ ކުރިމަތީގައި މިހާރުވެސް ޔޫކްރެއިނަކީ މިނިވަން ގައުމެއް ނޫނެވެ. އަދި އެއީ ކްރެމްލިން ގެ ބައެކެވެ.
ޔޫކްރެއިންގެ ގިނަ ބަޔަކުވެސް ގަބޫލުކުރާ ހަގީގަތަކީ ޔޫކްރެއިންގެ މުސްތަގްބަލް އޮތީ ޔޫރަޕްގެ އަތްމަތީގައެވެ. ޔޫކްރެއިން ރައްޔިތުން ބޭނުންވަނީ ޔޫރަޕާއި ޓްރާންސް-އެޓްލާންޓިކްގެ ގައުމުތައްފަދައިން މިނިވަން ޑިމޮކްރެސީ އެއްގެ ގޮތުގައި ދެމިތިބުމަށެވެ. ހަނގުރާމަ ކުރަމުން އެ ގެންދަނީވެސް އެ އަޒުމުގައެވެ. އެމެރިކާ އަބަދުވެސް އޮންނާނީ ޔޫކްރެއިނާއެކުގައި ޔޫކްރެއިނަށް ކާމިޔާބު ހޯދާދިނުމުގެ ބައިވެރިއަކަށެވެ.
އެމެރިކާގެ ބަހުރުވައިގާ ޔޫކްރެއިންއަށް އެމެރިކާގެ ހެޔޮ އެދުންތައް ހުރި މިންވަރު ހާމަވެގެން ދެއެވެ. އެހެންނަމަވެސް މައްސަލައަކީ އެއީ އެމެރިކާގެ ހެޔޮ އެދުންތޯ ނުވަތަ އެމެރިކާގެ ވެރިކަމުގައިތިބި ވަކި ބަޔަކުގެ ހެޔޮ އެދުންކަން ނޭގުމެވެ.
ކޮންމެގޮތެއްގައިވެސް އެމެރިކާއިން ރަޝިޔާއާއި ދެކޮޅަށް ޔޫކްރެއިނަށް މަދަދު ފޯރުކޮށްދޭން ބޭނުންވާކަން އެނގި ހާމަވެގެން ދެއެވެ. މިހާރުވެސް މާލީ ގޮތުން ދެވޭނެ އެހީއެއް ނެތްއިރު އެ ގެންދަނީ ޔޫކްރެއިންގެ ގިނަ އަދަދެއްގެ ސިފައިން އެމެރިކާއާއި ޔޫރަޕްގައި ތަމްރީނު ކުރަމުންނެވެ.
ޔޫރަޕް ގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު ތަމްރީނުދޭ މަރުކަޒު ޖަރުމަނުގެ ގްރާފެންވޯރ ގައި މިހާރުވެސް ޔޫކްރެއިންގެ 1500 ސިފައިންނަށް ހަތިޔާރު ގެންގުޅުމުގެ ތަމްރީނު ދެވެމުންދާ ކަމަށާއި އިތުރު 80 ސިފައިންނަށް ޖަރުމަނުގައިހުންނަ ރެއިންލޭންޑް ފަލްޒުގައި ތަމްރީނުދިނުން ކުރިއަށް ދާކަމަށް ޔޫރަޕާއި އެފްރިކާއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަސިފައިން ތަމްރީނުކުރުމާބެހޭ ތަރުޖަމާނު ކާނަލް މާރޓިން އޯ‘ ޑޮނެލް ބުނެފައިވެއެވެ.
މީގެ އިތުރުން އެރިޒޯނާގެ ޓަކްސޮންގައި ވެސް ޔޫކްރެއިންގެ ސިފައިންނަށް އެފް-16 ގެ ފައިޓަރ ޖެޓް ދުއްވުމުގެ ތަމްރީނު ދެމުން ގެންދާކަމަށްވެސް އޭނާ ބުނެފައިވެއެވެ. އެމެރިކާއިން ބޭނުންވަނީ މިއަހަރު ނިމުމުގެކުރިން ޔޫކްރެއިންގައި އެފް-16 ގެ ފުރިހަމަ ތަމްރީނު ލިބިފައިތިބި ޕައިލެޓުން އުފެއްދުމެވެ. މިހާތަނަށް އެމެރިކާއިން ޔޫކްރެއިން ސިފައިންގެ 18000 މީހުންނަށް އެކިއެކި ދާއިރާއިން ތަމްރީނު ދީފައިވާކަން އެމެރިކާއިން ހާމަކޮށްފައިވެއެވެ.
އަދި އެމެރިކާ އަތުގައި ދޭނެ އެހެން އެއްޗެއް ނެތަސް ތަމްރީނު ޕްރޮގްރާމްތައް ހުއްޓާނުލައި ކުރިއަށް ގެންދާނެކަމަށްވެސް ބުނެފައިވެއެވެ.
2 Responses
ޕުޓިންގެ ފަހަރުން އަޅައިގަނެގެން ނުނެއްޓެވިގެން އެމެރިކާ އަބަދުވެސް އުޅޭނީ. އެމެރިކާގެ ބޭނުމަކީ ދުނިޔޭގައި ކޮބާތޯއެވެ. ދޭދޭގައުމުގެ ދެމެދުގައި ދޮގާއި ޙިޅަތްތެރިކަމުން ޖެއްސުމާއި ފަނާކުރަނިވި ހަތިޔާރު ވިއްކުމާއި ގައުމުތަކުގެ ސަރުކާރު ބަދަލުކުރުން. ބަސްނާހާ ގައުމުތަކުގެ ވެރީން މެރުން. ވާހަކަ ދައްކަން ތާހިރެއްނު ތި ވަޑާންކުރާ މީހާ ކާޕެންޓަރު! ދެރައީ މިކަހަލަ ޚަބަރު ގެނެސްދޭތީއެވެ. މީކަބަރެއް ނޫނެވެ. ޖެއްސުމާއި ފުރައްސާރަޔާއި ދޮގެވެ.
ރަޝިޔާގެ ބޭނުމަކީ ހަމައެކަނި ޔުކްރޭނެއް ނޫނެވެ. ޔުކުރޭނާ އެމެރިކާއާއި ޔޫރަޕެވެ. އެމެރިކާ މިހާރު އޮތީ ބަލިފައިމައްޗަށް ގުދަށެވެ. ޗައިނާ އާއި ރަޝިޔާ އާއި އީރާން އެ ޤައުމުތަކުގެ މައްޗަށް ހިން ދެމިލާތަން ދުނިޔޭގައި ތިބި ބަޔަކަށް ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެންނާނެ! ލާ ޝައްކު!!!