އެޕްސްޓީން މައްސަލައިގެ ލިޔެކިޔުންތަކުގައި ޕްރިންސް އެންޑްރޫގެ ނަން، ތުހުމަތުކުރެވެނީ ކުޑަކުއްޖަކާ ބެހުނުކަމަށް!

Loading

January 6, 2024
profile
Facebook
Twitter
WhatsApp

ޖިންސީ ކުށް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންގެ މައްސަލައިގެ ކޯޓު ލިޔެކިޔުންތައް އާންމުކުރިއިރު، އޭނާގެ ކްލަޔަންޓު ލިސްޓުގައި އިނގިރޭސިވިލާތުގެ ޝާހީ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ޕްރިންސް އެންޑްރޫގެ ނަން އޮތުމުން އެމައްސަލަ ފުލުހަށް ރިޕޯޓުކޯށްފިއެވެ.

އާންމުކުރި ލިޔެކިއުންތަކުގައި ވާގޮތުގައި، ޕްރިންސް އެންޑްރޫ ވަނީ ކުޑަކުއްޖަކާއި އެކު ބަދުއަޚްލާޤީ އަމަލު ހިންގާފައެވެ. އަދި ކުއްޖާގެ ނަން ހާމަ ނުކުރުމުގެ ގޮތުން، އެލިޔެކިޔުމުގައި އެކުއްޖާ ފާހަގަކޮށްފައިވަނީ ”ޖޭން ޑޯ ނަންބަރު 3“ ގެ ނަމުންނެވެ. 

ގަބޫލުކުރެވޭ ގޮތުގައި، އެލިޔެކިޔުންތަކުގައިވާ ”ޖޭން ޑޯ ނަންބަރު 3“ އަކީ ޕްރިންސް އެންޑްރޫއާއި ދެކޮޅަށް ޖިންސީ އަނިޔާގެ މައްސަލައެއް ހުށައެޅި ވަޖިނިއާ ޖަފްރީ އެވެ. ޖަފްރީ ހުށައެޅު މައްސަލާގައި ބުނެފައިވަނީ، މީގެ 20 އަހަރުކުރިން އޭނާގެ އުމުރުން 17 އަހަރުގައި، ޕްރިންސް އެންޑްރޫ އެދޭ ހުރިހައިކަމެއް އޭނާއަށް ކޮށްދިނުމަށް އެޕްސްޓީން ބުނިކަމަށެވެ. 

އެހެންނަމަވެސް، މިއަދާއި ހަމައަށް ދާންދެންވެސް މިކަމާއި ގުޅޭ އެއްވެސް ޖިނާއީ ތަހުގީގެއް ހިންގާފައި ނުވާއިރު، ފިޔަވަޅެއްވެސް އަޅާފައެއް ނުވެއެވެ. އަދި އާންމުކުރެވުނު ލިޔެކިޔުންތަކާއި ގުޅިގެން ފުލުހަށް ހުށައެޅުނު މައްސަލަވެސް ބަލާނެކަމަށް ލަފައެއް ނުކުރެވެއެވެ. 

Loading

One Response

  1. ދެންކީކޭ އަޅޭ ބުނާނީ. މީ ދުނިޔޭގެ އެންމެ އަގުބޮދު ކޯޓް ފަޓްލޫނުލާ މީހުންގެ ޙާލު.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް