މީގެ 20 އަހަރުކުރިން ހިނގައިދިޔަ އިރާޤު ހަނގުރާމައާއި ގުޅޭގޮތުން، އިސްރާއީލުގެ އޭރުގެ ސަރުކާރުގެ ކެބިނެޓް ލިޔެކިއޔުންތައް އަދިވެސް ސިއްރުކުރެވިފައިވަނީ ކީއްވެތޯ ބެލުމަށް އެގައުމުގެ މިހާރުގެ ސަރުކާރުން ތަހުގީގެއް ފަށައިފިއެވެ.
އެމެރިކާއިން އިސްވެ 2003 ވަނަ އަހަރު ފެށި އިރާޤު ހަނގުރާމައިގައި އޮސްޓްރޭލިއާގެ ބައިވެރިވުން ދޭހަވާ ކެބިނެޓް ލިޔެކިޔުންތައް ސިއްރުކޮށްފައިވާތީ އޮސްޓްރޭލިއާ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އޭނާ ބުނީ، އެގައުމުން ހަނގުރާމައަށް ދާންޖެހުނު ސަބަބު އެގައުމުގެ ރައްޔިތުންނަށް އެނގެން ޖެހޭނެކަމަށެވެ. 20 އަހަރުވާ ސިއްރު ލިޔެކިއޔންތައް ކޮންމެ އަހަރަކު އާންމުކުރާ އުސޫލުގެ މަތީން، އޮސްޓްރޭލިއާގެ ގައުމީ އަރުޝީފުން ވަނީ 2003 ވަނަ އަހަރުގެ ކެބިނެޓް ރެކޯޑުތައް އާންމުކޮށްފައެވެ. ނަމަވެސް، އިރާޤު ހަނގުރާމައާއި ގުޅުންހުރި 78 ލިޔުމެއް އަރުޝީފުން ސިއްރުކޮށްފައިވަނީ، އެއީ ގައުމީ ސަލާމަތާއިބެހޭ ކޮމިޓީއަށް ތައްޔާރުކޮށްފައިވާ ލިޔެކިޔުންތަކެއްކަމަށް ބުނެއެވެ.
މިއީ ގައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތާއި ބެހޭ ނިންމުންތައް ނިންމުމަށް ކެބިނެޓުގެ ބައެއް ވަޒީރުން ހިމެނޭގޮތަށް އެކުލަވާލެވިފައިވާ ކޮމިޓީއެކެވެ. އަދި އޮސްޓްރޭލިއާއިން އިރާޤް ހަނގުރާމައިގައި ބައިވެރިވުމަށް ނިންމި ނިންމުމަކީ މި ކޮމިޓީގެ ނިންމުމެކެވެ.