އާސަންދަ ސްކީމްގެ ދަށުން މިއަދުން ފެށިގެން އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ބޮޑެތި ބަލިތައް ދުރާލައި ދެނެގަނެ ފަރުވާ ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ މަގުސަދުގައި ދިވެހި ރައްޔިތުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖައްްސައިދިނުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.
މިއަދުން ފެށިގެން މެޑިކަލް ޗެކަޕްގެ ޚިދުމަތް ދޭން ހަމަޖެހިފައިވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އަދި އުމުރުން 35 އަހަރާއި 49 ވަނަ އަހަރާ ދެމެދުގެ މީހުންނަށާއި 19 އަހަރުން ދަށުގެ ކުދިން މި ޚިދުމަތް ފެށޭނީ އޭޕްރީލް މަހުގެ 01 ވަނަ ދުވަހުން ފެށިގެންނެވެ. 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް މި ޚިދުމަތް ފެށޭނީ ޖުލައި 01 ވަނަ ދުވަހުން ފެށިގެންނެވެ.
ފުރަތަމަ މެޑިކަލް ޗެކަޕް ހެދުމަށްފަހު ދެވަނަ ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ޑޮކްޓަރު ލަފާދެއްވާ ފަރާތްތަކަށް ހަމަސް ދުވަސް ފަހުން ދެވަނަ ފަހަރަށް ވެސް މި ޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މި ޚިދުމަތް ލިބޭ ސަރުކާރުގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ތެރޭގައި ރީޖަނަލް ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކާއި އައިޖީއެމްއެޗާއި ވިލިމާލެ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލު ހިމެނެއެވެ.