2024 ވަނަ އަހަރު ދެބަސްވުންތަކާ ދުރުހެލިވާން ބޭނުން: ކަރީނާ 

Loading

Facebook
Twitter
WhatsApp

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް މި ފެށޭ 2024 ވަނަ އަހަރު ދެބަސްވުންތަކާއި ދުރުހެލިވާން ބޭނުންވާ ކަމަށް ބުނެފިއެވެ. 

މިވަގުތު ރައްޓެހިންނާއި އާއިލާއާއެކު ސްވިޒަލޭންޑްގެ ސްނޯ ފަރުބަދަތަކުގެ ތެރޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަރީނާ އޭނާގެ ސޯޝަލް މީޑިއާގައި ދާދި ފަހުން ހިއްސާ ކުރި ޕޯސްޓެއްގައި ވަނީ ކުރިއަށް އޮތް އަހަރަށް ތަބާވާން ބޭނުންވާ ބައެއް ކަންކަން ހިއްސާކޮށްފައެވެ. 

ކަރީނާ ޝެއާ ކުރި ޕޯސްޓުގައި ބުނީ ”އަހަރެން މިހުރީ އަހަރެންގެ ހަޔާތުގައި އަމިއްލައަށް ޖަދަލުތަކުން ދުރުހެލިވާ މަރުހަލާގައި“ ކަމަށެވެ. 

 އެގޮތުން 1+1 = 5 ކަމަށް މީހަކު ބުނި ނަމަވެސް ދެކޮޅެއް ނަހަދާނެ ކަމަށް ކަރީނާ ބުނެފައި ވެއެވެ. 

ކަރީނާގެ ފަހުގެ ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު ރިލީޒްވާން ހުރި ފިލްމުތަކުގެ ތެރޭ ޕްރޮޑިއުސަރު ރެއާ ކަޕޫރުގެ ފިލްމު ”ދަ ކްރޫ“ އަދި ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު ”ސިންގްހަމް އަގެއިން“ ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް