ހަނގުރާމައިގާ މަރުވަމުންދާ އިސްރާއީލުގެ ސިފައިން އަދަދު އިތުރުވަމުން ދިއުމަށް އިޝާރާތް ކޮށް ޙަމާސްއާއި އެކު ކުރެވެމްދާ ހަނގުރާމައަށް ވަރަށްބޮޑު އަގެއް އަދާކުރަން އެބަޖެހޭ ކަމަށް އިސްރާއީލުންގެ ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫ އެއްބަސްވެއްޖެއެވެ.
އޭނާ ބުނިގައި މިއީ ވަރަށް އުނދަގޫ ވަގުތެކެވެ. އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ ގަތުލު އާންމުގައި މިދިޔަ ކުރުދުވަހުން ފެށިގެން މި ހަފުތާގެ އާދީއްތަ ދުވަހާ ހަމަޔަށް އިސްރާއީލުގެ ސާދަ ސިފައިން މަރާލާފައިވާތީ އެކަމަށް އިޝާރަތްކޮށްފާ ނަތަންޔާހޫ ބުންޏެވެ.
މިހާތަނަށް އިސްރާއީލު ސިފައިންގެ 150 މީހުންނަށްވުރެންވެސް ގިނައިން މަރާލާފައި ވިޔަސް ކެބިނެޓްގައި ވާހަކަ ދައްކަމުން އޭނާ އަދިވެސް ބުނަމުން ގެންދަނީ ކިތަންމެ ގިނަ ބަޔަކު މަރުވެގެން ދިޔަސް ހަނގުރާމަ ނުހުއްޓާނެ ކަމަށެވެ.
މި ހަނގުރާމައިގާ މަރުވެ ގޮސްފައިވާ ސިފައިންގެ ޢާއިލާތަކަށް އިސްރާއީލުގެ ހުރިހާ ރައްޔިތުންގެ އިޚްލާސްތެރި ތައުޒިޔާ އަހުރެން ރައްދު ކުރަމެވެ. އަދި އަހަރެން ރައީސް ބައިޑަންއަށް ފޯނުކޮށްފައި އަހަރެމެން ބޭނުންވާ ނަސްރު ލިބެންދެން މި ހަނގުރާމަ ނުހުއްޓަނެކަމަށް އޮންނާނީ ދަންނަވާފައެވެ.
އެމެރިކާއަށްވެސް އަހަރެން މި ބުނާއެއްޗެއް ގަބޫލު ކުރެވެއެވެ. ވޯލްސްޓްރީޓް ޖާރނަލުން ޚަބަރު ދީފައިވާ ގޮތުގައި ނަތަންޔާހޫ އާއި ބައިޑަންގެ ފޯންކޯލް ކުރިއަށް ދިޔައިރުވެސް އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓު ތަކުން ގެންދިޔާއީ ގައްޒާއަށް ބޮމުގެ ވާރޭ ވެއްސަމުންނެވެ.
ނަތަންޔާހޫ ކެބިނެޓްގައި ވާހަކަދައްކަމުން އިތުރަށް ބުނެފައިވަނީ އިސްރާއީލުގެ ޙަމަލާތައް ހުއްޓުވަން އެމެރިކާއިންވެސް އަންގަމުންގެންދާ ކަމަށް ދެކެވޭ ވާހަކަ ތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އަދި އަހަރެމެންގެ ހަނގުރާމައިގާ އެހެން ގައުމުތަކުން ބުނާއެއްޗެއް އަޑުއަހަން ބޭނުންވެސް ނުވާކަމަށެވެ. މިއީ އަހަރެމެންގެ ހަނގުރާމައެކެވެ. މިކަން ކުރާނެ ގޮތަކާއި މިންވަރެއް އިޚްތިޔާ ކުރާނީވެސް އަހަރެމެންނެވެ.
އިސްރާއީލުންގެ ޙަމަލާތަކުގައި ޝަހީދުވަމުންދާ ފަލަސްތީނުގެ އާންމު ރައްޔިތުންގެ އަދަދު އިތުރު ވަމުންދާތީ އެގަމުގެ އެންމެ ވަފާތެރި ބައިވެރިންގެ ފަރާތުންވެސް ބޮޑެތި ފާޑުކިއުންތަކަށް އިސްރާއީލު ސަރުކަރުން މިހާރު އޮތީ ކުރިމަތިލާން ޖެހިފައެވެ.
ސީ. އެން. އެން. އާއި ނިއުޔޯރކް ޓައިމްސް އިން ކުރި ތަޙުގީގުތަކުން އެނގިފައިވާގޮތުގައި އިސްރާއީލުން ކޮންމެ ދުވަހަކު 2000 ރާތަލުގެ އެތައް ސަތާކަ ބޮން ގައްޒާގެ ބައިބޯ ރައްޔިތުންގެ މައްޗަށް އޮއްސަމުން ގެންދެއެވެ.
މިއީ އިރާގު ހަނގުރާމައިގާ އައި. އެސް. އައި. އެސް. އާ ދެކޮޅަށް އެމެރިކާއިން ދިން ޙަމަލާތަކުގައި އެންމެ ގިނައިން ބޮން އެޅި ދުވަހަށްވުރެން ހަތަރުގުނަ ގިނަ އަދަދެކެވެ.
ހަމަ އެއާއެކު މިހާތަނަށް ފަލަސްތީނުގެ ވިހިހާހަށްވުރެން ގިނަމީހުން އިސްރާއީލުގެ ގަތުލު އާންމުގައި ވަނީ ޝަހީދުކޮށްލާފައެވެ.
އޭގެތެރޭގައި މުޅިންވެސް ހިމެނެނީ ހަނގުރާމައާއި އެއްވެސް ގުޅުމެއްނެތް ޢާންމު ރައްޔިތުންނެވެ. އޭގެތެރޭގައި އަންހެނުންނާއި އަދި ކުޑަކުދިންގެ އަދަދުވެސް އުޅެނީ ވަރަށް މަތީގައެވެ. މިހަނގުރާމަޔަކީ އެމެރިކާއިން ޢިއުލާންނުކުރިޔަސް ސީދާ އެމެރިކާގެ ބައިވެރިވުމާއިއެކު ހިންގަމުންދާ ގަތުލުއާންމުއެކެވެ.
One Response
ގައުމު ފުނޑިގެންދިޔަސް ކަލޭމެން ހަނގުރާމަ ހުއްޓާނުލާނެކަން ދުނިޔެ ދަނެއެވެ. ތިޔަ ބައިމީހުން ހަނިބަލް ޑައިރެކްޓިވްސް އުފެއްދީ އެ މަގްސަދުގައެވެ. ސިފައިން މަރުވެ ދިޔަސް އެއީ އެއަރކޮންޑިޝަން ކޮޓަރީގައި ތިބެގެން އަމުރުނެރޭ ކަލޭމެންނަށް މާ ބޮޑުކަމަކަށް ނުވާނެއެވެ. ޑްރެކިއުލާ ކިތަންމެ ވަރަކަށް ލޭ ބުޔަސް އަލާ ނުކެނޑޭނެއެވެ.