ޔޫކްރެއިނާއި ރަޝިޔާއިން ކުރަމުން ގެންދާ ހަނގުރާމާގައިރައީސް ޕޫޓިން އާއި ރައީސް ޒެލެންސްކީއަށް ކަފިހުރަސް މަގެއްގެ ކޮޅަށް ނިކުމެ ވަޑައިގެންނެވިއްޖެއެވެ. ނަމަވެސް ތަފާތަކީ ޒެލެންސްކީ ކުރިމަގު ބަންދުވެފައި ވާއިރު ޕޫޓިންގެ ކުރިމަގު ތަންމިނަށް ހުޅުވިފައި އޮތުމެވެ.
މީގެ އެއް އަހަރު ކުރިން އެމެރިކާގެ ކޮންގްރެސްގައި ރައީސް ޒެލެންސްކީއަށް ބަތަލެއްގެ މަރުޙަބާ ލިބިވަޑައިގަތުމުގެ އިތުރުން އެމެރިކާގެ ބަޖެޓްވެސްއޮތީ ރައީސް ޕޫޓިންއާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެއްވެސް ހިފޭއްޓުމެއް ނެތި ރައީސް ޒެލެންސްކީއަށް ހުޅުވާލަ ދީފައި ކަމުގެ ވަޢުދު ތަކާއެކުގައެވެ.
އެދުވަހު ރައީސް ޕޫޓިން ފިކުރު ކުރައްވަމުން ގެންދެވީ ލަޝްކަރުތައް ސަލާމަތް ކުރުމާއި ގައުމު ދިފާޢު ކުރެވޭނެ ގޮތެއް ހޯދުމުގެ މައްޗަށެވެ. ލަޝްކަރުތައް ދިޔައީ ބަލިވަމުންނެވެ. އޭގެ އިތުރުން އަމިއްލަ ގައުމުގައިވެސް އޮތީގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.
މިދިޔަ އަންގާރަދުވަހު ރަޝިޔާގެ ދިފާޢީ ވުޒާރާގެ ބްރީފިންގ ގައި ރައީސް ޕޫޓިން ހުންނެވީ ހިތްހަމަޖެހި ވަޑައިގެންފައެވެ.ފުރިހަމަ އިތުބާރު ލިބިވަޑައިގެން ފައިވާކަން މޫނުފުޅުމަތިން ވަރަށްރީތިކޮށް ހާމަވެއެވެ.
ހަނގުރާމަ ރަޝިޔާގެ ކޮޅަށް މިސްރާބު ޖަހައިފިކަމުގެ އުފާފުޅުގައެވެ. މާރކް ގަލެއޮޓީގެ ބަހުންނަމަ ރައީސް ޕޫޓިން ހުންނެވީ ފުރަތަމަފަހަރު ޔޫކްރެއިނަށް ރަޝިޔާ ސިފައިން ފޮނުއްވެވި ދުވަހަށްވުރެންވެސް އިތުބާރު ލިބިވަޑައިގެންފައެވެ.
އެހެނަސް 2023 ނިމުމުގެ ނިއުސް ކޮންފަރެންސްގައި ރައީސް ޒެލެންސްކީ ހުންނެވީ ގޮތް ހުސްވެފައެވެ. ކުރިން ފެންނަމުންދިޔަ ފިލްމްސްޓާރެއްގެ ހުނަރުތަކުގެ ކުލަވަރެއްވެސް ނެތެވެ. މެދުކެނޑުމެއްނެތި އެހީ އާއި މަދަދު ލިބިވަޑައިގެން ހުންނެވި އެކުވެރި ހުޅަނގުގެ ގައުމުތަކުން ދެން ލިބޭނެ އެއްޗެއް ނެތްކަމުގެ މާޔޫސް ކަމެވެ. އެމީހުން އަތުގައި ދެވޭނެ އެއްޗެއްވެސް ނެތޭ ބުނާކަހަލައެވެ.
ވޯޝިންގޓަނުންވެސް ފުރަގަހުން ބުރިކައްޓަށް ވަޅިހެރީކަހަލައެވެ. އެހެންނަމަވެސް ރިޕޯރޓަރުންނަށްއެމަނިކުފާނު ވިދާޅުވީ އެމެރިކާއިން އަހަރެމެން ދޫކޮށް ނުލާނެކަން ޔަގީން ކަމަށެވެ.
އެއްދުވަސްވަރެއްގައި ރައީސް ޒެލެންސްކީގެ އެންމެ ގާތް އެކުވެރިޔާ ރައީސް ބައިޑަން މަސައްކަތް ކުރައްވަމުންގެންދަވަނީ ޔޫކްރެއިނަށް 61 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށްޓަކައި ކޮންގްރެސްގެ ރުހުން ހޯދުމަށެވެ. އެކަމަކު މިހާތަނަށްވެސް ކޮންގްރެސްގެ ފެހި ސިގްނަލެއް ނުލިބުނެއެވެ.
ރައީސް ޒެލެންސްކީ އެންމެފަހުން ވޯޝިންގޓަނަށް ކުރެއްވި ދަތުރުފުޅު ވަރަށް ނާއުންމީދާއެކު ނިންމާލެއްވުމަށް ފަހު ނޫސްވެރިންނަށް ވިދާޅުވީ އެމެރިކާއިން އިތުރު އެހީއެއް ލިބިދާނެކަމަށް އުންމީދު ނުކުރައްވާކަމަށެވެ.
ގަލެއޮޓީ ވިދާޅުވެފައިވަނީ ރައީސް ޒެލެންސްކީ އެވިދާޅުވާ ބިޓްރޭޔަލް ނުވަތަ ލަނޑުދިނުމަކީ ހުޅަނގުން ގެންގުޅޭ މޯރަލް ބްލެކްމެއިލް ކުރުމުގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ފަލްސަފާގެ ބައެއް ކަމަށެވެ. ރައީސް ޒެލެންސްކީއަށް އެކަން ރޭކާ ނުލީއެވެ.
ފަހަރެއްގައި އެމަނިކުފާނަށް ހީފުޅު ކުރެއްވިފައި އޮތީ ހަނގުރާމަ ފެށިގެން އައި ދުވަސްވަރު އެމަނިކުފާނުގެ ފިލްމްސްޓާރެއްގެ ޝަޚްސިއްޔަތުން ގައުމުތައް ޔޫކްރެއިނާއި ދިމާލަށް ލަންބަމުން ގެންދިޔަފަދައިން އަބަދުވެސް އެގޮތަށް އެކަންތައް ކުރިޔަށް ގެންދެވޭނެ ކަމަށެވެ.
އެކަމަކު ހަނގުރާމައަށް ދެ އަހަރު ވެގެންދާއިރު ފެންނަމުންދަނީ އެންމެންވެސް ފޫހިވެފައި ތިބިތަނެވެ.ބައެއް މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާއާއި ޔޫރަޕުގެ ލީޑަރޝިޕުން މިހާރު ޒެލެންސްކީއަށް ބާރު އަޅުއަވަމުން ގެންދަވަނީ ޔޫކްރެއިން ބިމުގެ ވިހި އިން ސައްތަރަޝިޔާއަށް ދިނުމަށްފަހު އަވަސްމަގަކުން ހަނގުރާމަ ހުށްޓާލައި ސުލްޙަ ގާއިމް ކުރުމަށެވެ.
މިދިޔަ އަހަރު ޔޫކްރެއިނުން މުޅިދުނިޔެ ޙައިރާން ކޮށްލި ކަހަލައެވެ. ރަޝިޔާއިން އަތުލާފައި ހުރި ބައެއް ސަޙަރައްދުތައް ހުޅަނގުން ދީފައިވާ ޒަމާނީ ހަތިޔާރާއި ތަމްރީނުގެ ބޭނުން ކޮށްގެން އަނބުރާ ހޯދުންފަދަ ކާމިޔާބީތަކެއްވެސް ޙާސިލުކުރިއެވެ.
އެހެންނަމަވެސް ފަހަކަށްއައިސް ފެންނަމުންދަނީ އެއީ ކައިރި މާޒީއަށް ވެގެންގޮސް ވެލިއެޅި ފޮރުވިގެން ދާތަނެވެ. ހުޅަނގުގެ އެއްބާރުލުމާއިއެކު ލިބުނު އިތުބާރު މިހާރަކު ނުފެނެއެވެ.
ހަމައެއާއެކު ވޯޝިންގޓަނުންނާއި ހުޅަނގުގެ އެހެން ގައުމުތަކުންވެސް އިތުރު އެހީއާއި މަދަދު ކިހާދުވަހެއް ވަންދެން ފޯރުކޮށް ދެވިނާތޯ އާއި ޔުކްރެއިނަށް މިހަނގުރާމަ ކާމިޔާބު ކުރެވިދާނެ އެއްވެސް ފުރުސަތެއް އެބައޮތްތޯ އުފެދެމެންދާ ސުވާލުތައް މާގިނަވެއްޖެއެވެ. އެމެރިކާ އާއި އޭނާގެ ބައިވެރީނަނަށް މިހާރު ނަތަންޔާހޫ މާ މުހިންމު ވެއްޖެއެވެ.
އެމެރިކާއާއި ޔޫރަޕްގެ މި ސުވާލުތަކަށް ޖަވާބެއް ނުލިބިގެން އުޅެނިކޮށް ޔޫކްރެއިންގެ އެތެރޭގެ ކޯޅުންތައް ބޮޑުވެ މިހަނގުރާމަ ކާމިޔާބު ނުކުރެވޭނަ ކަމަށް ސިފައިން އެންމެއިސް ކޮމާންޑަރުންވެސް ރައީސް ޒެލެންސްކީއަށްވަނީދަންނަވަން ފަށައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު ރައީސް ޕޫޓިން ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގެ ސިފައިންނަށް ތަޖްރިބާއާއި ހުނަރުގެ ގޮތުން ރަޝިޔާގެ ސިފައިނާ ފައިހަމަ ނުކުރެވޭނެ ކަމަށެވެ. އަދި އަމުދުން ޔޫކްރެއިންގެ ލަޝްކަރުގައި މިހާރުތިބީ މަގުމަތިން ހޮވާލައިގެން ނެގެއްސާ ތިބި މިލިޓްރީ އެއްވެސް ތަމްރީނެއް ލިބިފައިނުވާ ކުދިންކޮޅެކެވެ.
ރައީސް ޕުޓީންގެ މި ބައްދަލު ކުރެއްވުމުގައި ބައެއް ސިފައިންނަށް ހީރޯ އޮފް ރަޝިޔާގެ މެޑެލް ދިނުންވެސް އޮތެވެ.
ލަންޑަންގެ ކިންގްސް ކޮލެޖުގެ ވިޒިޓިން ޕްރޮފެސަރ މައިކަލް ކްލާރކް ވިދާޅުވެފައިވާ ގޮތުގައި މީގެ ހައެއްކަ މަސްދުވަސްކުރިން ރައީސް ޕޫޓިންއަށް ކުރިމަތި ލައްވަން ޖެހިވަޑާއިގެންނެވި ޕްރިގޯޒިން ހަނގުރާމަވެރިންގެ ނާކާމިޔާބު ބަޣާވަތަށްފަހު މިހާރު ރައީސް ޕޫޓިންގެ ބާރު މާބޮޑަށް ގަދަވެ ރައްޔިތުންގެ މަގްބޫލުކަންވެސް އިތުރު ވެއްޖެކަމަށް ފެނެއެވެ.
އެހެނަސް ޒެލެސްކީ އަދިވެސް ގޮތް ދޫކުރައްވާކަށް ބޭނުންފުޅެއް ނުވެއެވެ. އެހެންނަމަވެސް ޕްރޮފެސަރ ކްލާރކް ހާމަކުރައްވާ ގޮތުގައި އެމަނިކުފާނު ހުންނެވީ ވަރުބަލިވެފައެވެ.
ރައްޔިތުން ތާއީދު މިހާރުވަނީ އޭރުގެ %84 ން %60 އަށްވުރެ ދަށަށް ވެއްޓިއްފައެވެ. 1943 ވަނައަހަރު ވިންސްޓަން ޗަރޗިލްއަށް ވެސް މެދުވެރިވީ ހަމަ މިޙާލަތެވެ.އެގޮތުން 1945 ގެ އިންތިޚާބު ކާމިޔާބު ނުކުރެވުނީ ވަރުބަލިވެގެންނެވެ.
3 Responses
ޕޫޓިން މާ ބޯޑުކަމަށް ނިމުނީތާ؟ އެމެރިކާއާއި ނޭޓޯގެ ގައުމުތަކުން ސެންކްޝަން ޖައްސާ ސްވިފްޓް ކޯޑްވެސް ބޭނުން ނުކުރެވޭގޮތަށް ހަދާ އިންޓަނޭޝަނަލް ކުރިމިނަލްކޯޓަށް ޕޫޓިން ޙާޒިރުވާން އަންގައިވެސް ސައްދާމަށް ހެދިހެން މަރެއް ނުލެވުނުތާއެވެ. ގަދަ ވެރިއެކެވެ. ރަޝިޔާއަށް ހަމަ ސާބަހެވެ!
ހުޅަނގުގެ މުނާފިގުކަމުގެ ލާމަސީލު މިސާލެއް.
އެންމެފަހުގެ ސުރުޚީތަކުގައި ބުނެފައިވަނީ:
Biden administration announces $250 million Ukraine military assistance package as US exhausts available funding