ޔޫކްރެއިނަށާއި އިސްރާއީލަށް 110 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދިނުމުގެ ހުއްދައަށް އެދި އެމެރިކާ ސަރުކާރުން ކޮންގްރެސްއަށް ހުށައެޅުމުން އެކަމަށް ކޮންމެހެން ބޭނުންވާ 60 ވޯޓް ލިބޭގޮތެއް ނުވިއެވެ.
ފަލަސްތީނާއި އިސްރާއީލުގެ ހަނގުރާމައިގެ ވަގުތުގައި އެ ފައިސާ ދިނުން ހުއްޓުވަން ބާރު އެޅީ އިދިކޮޅު ރިޕަބްލިކް ނުންނެވެ. އެޕާޓީން ދެކޭގޮތުގައިއެމެރިކާއާއި އެހެން ގައުމުތަކާއި ގުޅިފައިވާ ބޯރޑަރުތަކުގެ މައްސަލައަކީ އެމެރިކާގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި މިހާރުން މިހާރަށް ގޮތެއް ނިންމަން ޖެހިފައިވާއިރު އެކެން މަޑުޖައްސާފައި އެވަރުގެ ބޮޑު ހޭދައެއް އެހެންގައުމެއްގެ ހަނގުރާމައަށްޓަކައި މިދަނޑިވަޅު ދެވޭކަން ނެތީއެވެ.
ފުރަތަމަ އެމެރިކާ ބޯޑަރގެ ސަލާމަތީ ކަންތައްތަކަށް ރަނގަޅު ނިމުމެއް ނިންމަންޖެހޭކަމަށެވެ. 49 ވޯޓު 51 ވޯޓުން އިސްރާޢީލަން ބައިޑަން ދޭން ބޭނުންވާ 100 ބިލިއަން ޑޮލަރުގެ މައްސަލަ ބޭރުކޮށްލީއެވެ.
ކޮންގްރެސްގެ މި ނިންމުމާއި ބެހޭގޮތުން ވައިޓްހައުސްގައި ވާހަކަ ދައްކަވަމުން ރައީސް ބައިޑްން ވިދާޅުވީ ބޯރޑަރު މައްސަލަ ހިލުވާލައިގެން ކޮންގްރެސްގައި ރިޕަބްލިކަނުން ކުކުޅު ބިސްމަޅި ދުއްވަނީ ކަމަށެވެ.
އަދި މިއީ ރިޕަބްލިކުން ރައީސް ޕޫޓިން އަށް ދިން ވަރަށް އަގުބޮޑު ހަދިޔާއެއް ކަމަށެވެ.
ރައީސް ބައިޑްން މިހެން ވިދާޅުވެފައިވަނީ ރަޝިޔާއާއި ދެކޮޅަށް އެއްވެސް ހިފޭއްޓުމެއްނެތި ޔޫކްރެއިނަށް އެހީއާއި މަދަދު ފޯރުކޮށްދެމުން ގެންދާ އެންމެ ކުރިއަރާފައިވާ ޑިމޮކްރެސީގެ 7 ގައުމުގެ ވެރިންނާއި އަދި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އާއި އެކު ބޭއްވި ބައްދަލުކުރެއްވުމަކަށް ފަހުގައެވެ.
ރިޕަބްލިކަންގެ ބައެއް މެމްބަރުން ހާމަކުރައްވާފައިވާ ގޮތުގައި ޔޫކްރެއިނަށް އެހީ ފޯރުކޮށްދީ ދީ މިހާރު ފޫހި ވެއްޖެ ކަމަށާއި އެހެން ގައުމުތަކުގެ މައްސަލަތައް ނަގައިގެން އުޅުމުގެ ކުރިން އެމެރިކާއަށް ދިމާވެފައިވާ ބޯޑަރގެ މައްސަލައަށް ރަނގަޅު ނިމުމެއް ގެންނަން ޖެހޭ ކަމަށެވެ.
2 Responses
އެމެރިކާގެ ދަަރަނި ރިޕަބްލިކުންނަށް އެނގެނީކަމަށް ވުން ވަރަށް އެކަށީގެން ވެއެވެ. ވީމާ ތިއީ ރަނގަޅު ނިންމުމެކެވެ. އެހެނަށް އެމެރިކާ ވާނީ ހަމަ ދުނިޔޭގެ ގަދަބާރުން ހިންގަން އުޅޭ ޕޮލިސްމޭން ނަށެވެ. އެއަކަށް ބަދަލެއް ނާންނާނެއެވެ. މިފަހަރު ޑިމޮކްރެޓުން އެކަން ކުރަން އުޅުނީމާ ޕާޓީލައިންުން އެކަން ވިޔަނުދިނީ. އެމެރިކަ އަކީ ދުނިޔެއް މިވަގުތު ދިމާވެފާއޮތް މުސީބާތެކެވެ.
މުނާފިގުން ތެދެއް ނުހަދާނެ. ކަންކުރާނީ ދައްކާ ވާހަކާއާއި ދެކޮޅަށް.