މިއަދު އެންމެންވެފައި ވަނީ ގޫގުލް ޑޮކްޓަރުންނަށް: ލާރާ ދައްތާ

Loading

December 9, 2023
sandhaanu news
Facebook
Twitter
WhatsApp

މިއަދު އެންމެންވެފައި ވަނީ ގޫގުލް ޑޮކްޓަރުންނަށް ކަމަށް ބޮލީވުޑްގެ ބަތަލާ ލާރާ ދައްތާ ބުނެފިއެވެ.

ލާރާ މިހެން ބުނެފައި ވަނީ ބުރާސްފަތި ދުވަހު ބޭއްވި މީޑިއާ ރައުންޑްޓޭބަލް އޮން އެމްޕަވަރިންގ މެނޮޕޮޒް ކޮންވާޒޭޝަންސްގައި މައްސަރު ކަންތައްތަކުގެ ސިއްޙަތާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ލާރާ ވަނީ ސިއްޙީ އިރުޝާދުތަކަށް ސޯޝަލް މީޑިއާ އާއި އިންޓަނެޓްގެ ނުފޫޒު ފޯރުވާކަމަށް ބުނެ ފާޑުކިޔާފައެވެ.

އެގޮތުން ސޯޝަލް މީޑިއާ އާއި އިންޓަނެޓްގެ ދުނިޔެއިން އެންމެން ސިއްޚީ މާހިރުންނަށް ހަދާފައިވާ ކަމަށް ލާރާ ވަނީ ބުނެފައެވެ. މިއަދު އެންމެން ވެފައި ވަނީ ގޫގުލް އަދި އިންސްޓަގްރާމް ޑޮކްޓަރުންނަށް ކަމަށާއި ބޭނުންވާ ސިއްޙީ މަޢުލޫމާތެއް ހޯދުމަށް އޮޅިގެން އެއް ލިންކަށް ކްލިކް ކުރިޔަސް އެކަމަކާ ބެހޭ ގޮތުން އެތައް ލިންކަކާއި ޕޯސްޓެއް އިންޓަނެޓުން ފެންނާނެ ކަމަށް ލާރާ ވަނީ ބުނެފައެވެ.

ނަމަވެސް އިންޓަނެޓުން ފެންނަ މަޢުލޫމާތުތައް އެއީ މައްސަލަތަކުގެ ތަޖުރިބާއިން ހިއްސާކޮށްފައިވާ މަޢުލޫމާތުތޯ ނުވަތަ ތަޖުރިބާކާރުންގެ ވާހަކަތައްތޯ ލާރާ ވަނީ ސުވާލު އުފައްދާފައެވެ. ހަމަ އެހެންމެ އިންޓަނެޓުން ކަމެއްގައި ބުނެދީފައި އިންނަ ހައްލެއް ނުވަތަ ފަރުވާއެއް އެހެން މީހަކަށް އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ފެނުނު ކަމެއް ކަމުގައި ބުނެފައިވީ ނަމަވެސް ތިމާއަށް އެ ހައްލަކުން ރަނގަޅު ނަތީޖާއެއް ލިބިދާނެތޯ ލާރާ ވަނީ ސުވާލުއުފައްދާފައެވެ.

މީގެ އިތުރުން އޭނާ ގަބޫލު ކުރާ ގޮތުގައި ސިއްހީ ކަންކަމުގައި އަމިއްލަ އަމިއްލަ އަށް ހޯދާ ބެލުމަށްވުރެ އަބަދުވެސް އިސްކަންދީ މަޝްވަރާ ކުރަން ޖެހޭނީ އެ ދާއިރާގެ ޕްރޮފެޝަނަލް ފަރާތްތަކާ ކަމަށް ލާރާ ވަނީ ބުނެފައެވެ. 1978 ވަނަ އަހަރު އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ގާޒީއާބާދަށް އުފަން ލާރާ ވަނީ 2000 ވަނަ އަހަރުގެ ’މިސް ޔުނިވަރސް“ ގެ ތާޖު ހާސިލު ކޮށްފައެވެ. ލާރާގެ ފިލްމީ ކެރިއަރުގައި ފާހަގަކޮށްލެވޭ ބައެއް ފިލުމުތަކުގެ ތެރޭގައި ބެލްބޮޓަމް، ޕާޓްނަރ، އަންދާޒް، ސިންގް އިސް ބްލިންގް، ޑޯން 2،ހައުސް ފުލް، އިންސާން، ފިތޫރް، ފަނާ،ރަބްނޭ ބަނާޑީ ޖޯޑީ ހިމެނެއެވެ. 

Loading

Leave a Reply

ފަހުގެ އަޕްޑޭޓް