ނަތަންޔާހޫގެ އަސްކަރީ ލަނޑުދަނޑިތައް ޣައްޒާގައި ކާމިޔާބުނުކުރެވޭނެ، ކުރިޔަކަ ނުވެސްދޭނަން: ހަމާސް

Loading

December 8, 2023
profile
Facebook
Twitter
WhatsApp

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާގައި ކާމިޔާބުކުރަން ބޭނުންވާ އަސްކަރީ ލަނޑުދަނޑިތައް ކާމިޔާބުނުވާނެކަމަށާއި، އެކަން ކުރިޔަވެސް ނުދޭނެކަމަށް ހަމާސްގެ މުޖާހިދީން ނެރުނު ބަޔާނެއްގައި ބުނެފިއެވެ. 

ހަމާސްގެ ބަޔާނުގައި ބުނެފައިވަނީ އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ހަގީގީ މަޤްޞަދަކީ ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުން ބޭލުންކަމަށާއި، ދުޝްމިނުންގެ ރޭވުންތަކަށް ޣައްޒާގެ ރައްޔިތުން ނުލެނބޭނެކަމަށެވެ. އަދި އިސްރާއީލުން ކިތަންމެ ބޮޑު ހަމަލާތަކެއް ރޭވިނަމަވެސް، ދޭކޮންމެ ހަމަލާއަކަށް މުޖާހިދީން ތިބީ ތައްޔާރަށްކަމަށް އެބަޔާނުގައި ވެއެވެ. 

ހަމާސް އިން ބުނެފައިވަނީ ފާއިތުވި ތިން ދުވަހުގެ ތެރޭގައި ދުޝްމިނުންގެ އަސްކަރީ ވަސީލަތްތަކާއި މެޝިންތަކުގެ 79 މެޝިން ހަލާކުކޮށްލާފައިވާނެކަމަށެވެ. އަދި ޝެލްޓަރ ތަކުގައި ތިބި އާންމުންގެ ގައިގާ ތަޅައި އަނިޔާކުރަމުން ދާކަމަށާއި ހަލާކުވެފައިވާ ސިންވަރް ގެ ހިޞާރުކުރުމަކީ ހުވަފެނީ މޮޅެއް ދެއްކުމަށް ކުރި މަސައްކަތެއްކަމަށް ހަމާސްއިން ބުނެއެވެ. އިސްރާއީލުގެ ހަމަލާތަކުގައި އިންސާނުންގެ އިތުރުން ގަސްގަހާއި ގެއްސާއި ގައުތަކަށްވެސް އަސަރުކޮށްފައިވާއިރު، ޣައްާގައި ރައްކާތެރި އެއްވެސް ސަރަހައްދެއް ނެތްކަމަށް ހަމާސްގެ ބަޔާނުގައި ބުނެއެވެ. މިގޮތުން، 55 ހޮސްޕިޓަލް ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާއިރު، މަސައްކަތްކުރެވޭގޮތަށް ހުރީ އެންމެ 4 ހޮސްޕިޓަލްކަމަށް ހަމާސްގެ ބަޔާނުގައި ބުނެފައިވެއެވެ.

 އާންމުންނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށާއި އިންސާނީ އެހީ ޣައްޒާއަށް ވެއްދުމަށް ހަމާސްގެ މުޖާހިދުންވަނީ ގޮވާލާފައެވެ. އެގޮތުން، ޔޫއެންއާރްޑަބްލިއުއޭ އިން އެމީހުން ކުރަންޖެހޭ މަސައްކަތް ނުކުރާކަން ފާހަގަކޮށް ހަމާސްއިން ބުނީ ރެޑް ކްރެސެންޓުން ކުރާ މަސައްކަތުގައިވެސް އުނިކަމެއް ހުންނަކަމަށެވެ. 

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓައިނުލާނަމަ އަސީރުން ދޫނުކުރާނެކަމަށް ބެ އަސީރުންގެ އާއިލާތަކަށް އިންޒާރު ދީފައިވާއިރު، ހަމާސްއިން ބުނީ ހިޞާރުވެރީންނާއި ބައިވެރި އެމެރިކާއިން ބްލެކް ޕްރޮޕެގެންޑާއާއި ރޭޕާއި ޖިންސީ އަނިޔާގެ ދައުވާތައް ބޭނުންކޮށްގެން ކުރިހޯދަން އުޅުނު ނަމަވެސް ކާމިޔާބުނުވާނެކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާފައިވާ އަދި ހިންގަމުން ގެންދާ ހުރިހާ އަނިޔާއެއްގެ ޒިންމާ ނަގަން ޖެހެނީ ރައީސް ޖޯ ބައިޑެންއާއި ނަތަންޔާހޫ ކަމަށް ހަމާސްއިން ބުނެއެވެ. ނަތަންޔާހޫއަށް މުސްތަގުބަލެއް ނުވާކަމަށާއި އޮތީ ޝަރިއަތްކުރެވި ބަންދުކުރުންކަމަށް ބުނެ ހަމާސްއިންވަނީ ނަތަންޔާހޫގެ ދޮގުތައް އަޑުނޭހުމަށް ރައީސް ބައިޑެން އަށް ގޮވާލާފައެވެ. ހަމާސްގެ މިގޮވާލުން މުޖާހިދީންގެ ބަޔާނުގައި ދެފަހަރު ތަކުރާރު ކޮށްފައިވެއެވެ. 

ހަމާސްގެ ބަޔާނުގައި ފަލަސްތީނު ރައްޔިތުން އެމީހުންގެ ގައުމުން ބޭރުކުރުމާއި ދެކޮޅަށް އަރަބި، މުސްލިމް އަދި ބައިނަލްއަޤްވާމީ ފަރާތްތަކުން އަޑުއުފުލުމަކީ މުޖާހިދީން ގަބޫލުކުރާކަމެއްކަމަށް ބުނެފައިވާއިރު، ޔޫއެންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ބޭނުންކުރައްވައި އެކުވެރި ދައުލަތުގެ ”އާރޓިކްލް 99“ ގައިވާ ބައިނަލްއަޤްވާމީ ސުލްހައާއި ސަލާމަތީކަންކަން ދެމެހެއްޓުމަށް ގޮވާލާފައިވާތީ އެކަންވެސް ހަމާސްއިންވަނީ ގަބޫލުކުރާކަމަށް ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް