ރާއްޖޭގައި ހިންގާ މަޝްރޫއުތައް އިތުރުކުރާނެ ކަމުގެ ޔަގީންކަން ޗައިނާއިން ދީފި

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްޖޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ރާއްޖޭގައި ހިންގާ މަޝްރޫއުތައް އިތުރުކުރާނެ ކަމުގެ ޔަގީންކަން ޗައިނާއިން ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސަޢީދު މިކަން ހާމަކުރެއްވީ ”ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ ގައި ބައިވެރިވެވަޑައިގަންނަވާ އިއްޒަތްތެރިންނަށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ސަޢީދު ވިދާޅުވީ ވިޔަފާރިއާއި ފަތުރުވެރިން އިތުރުކުރުމުގައި ރާއްޖެއާއި ޗައިނާއާދެމެދު އިތުރު ފްލައިޓްތައް ބާއްވާނެ ކަމުގެ ޔަގީންކަން ޗައިނާއިން ދީފައިވާ ކަމަށެވެ. އަދު އިންވެސްޓްމެންޓާއި ތަރައްގީގެ އިތުރު މަޝްރޫއުތައް ރައީސް މުޢިއްޒުގެ ޒައާމަތުގައި ކުރިއަށްގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ވެސް ޗައިނާ ސަރުކާރުން ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ނަތީޖާއަށް ހެޔޮބަދަލެއް އައްނާނެ އުއްމީދީ ދުވަސްތަކެއް“ މިނިސްޓަރު ވިދާޅުވިއެވެ.

”ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން ނައިބު ރައީސް ވަނީ ރައީސް މުޢިއްޒުގެ ސަރުކާރަކީ، ޗައިނާއާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ސަރުކާރެއްކަމުގައި ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އަދާކުރާ އިހުތިރާމާއި ދެ ގައުމުން ހިއްސާކުރާ ވަކި އަމާޒުތަކަށް މަސައްކަތްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް