ޕީޕީއެމް-ޕީއެންސީ މަޖިލިސް ޕްރައިމަރީ މި މަހުގެ 23 ގައި

Loading

Facebook
Twitter
WhatsApp

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މި މަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ.

މި ގޮތަށް ހަމަޖެއްސީ އެ ދެ ޕާޓީގެ ޖޮއިންޓް ސެނެޓުން ރޭ ބޭއްވި ބައްދަލުވުމުގައެވެ.

ރޭ ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވީ ސެނެޓުގެ ބައްދަލުވުމުގައި މަޖިލިސް އިންތިޚާބާ ގުޅޭ ގޮތުން އުސޫލެއް ފާސްކޮށްފައިވާ ކަމަށާއި ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ މިއަދުން ފެށިގެން މި މަހުގެ 11 އަށް ކަމަށެވެ.

ޕްރައިމަރީ އޮންނާނީ 23 ވަނަ ދުވަހު ކަމަށް އަދުރޭ ވިދާޅުވިއެވެ. ޕްރައިމަރީއަށް ކުރިމަތިވެސް ލެވޭނީ މި މަހުގެ 10 ގެ ނިޔަލަށް ދެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބަވާ މެންބަރުންނަށް ކަމަށާއި ޕްރައިމަރީގައި ވޯޓު ދެވޭނީ އެ ތާރީޚާ ހަމައަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބޭ މެންބަރުންނަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް