ލޯ ޓެސްޓްކޮށް ނަމްބަރު އައިނު ހަދައިދިިނުމުގެ ޚިދުމަތް ދޭ ސިޓީ އޮޕްޓިކަލް އިން ހުކުރު ދުވަހު ވެސް ޚިދުމަތް ދޭން ނިންމައިފިއެވެ.
އެ ތަނުން ބުނި ގޮތުގައި ހުކުރުދުވަހު ޚިދުމަތް ދޭން ނިންމީ ގިނަ ކަސްޓަމަރުންތަކެއްގެ އެދުމުގެ މަތިން ކަސްޓަމަރުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުންނެވެ. ސިޓީ އޮޕްޓިކަލް އިން ޚިދުމަތް ދޭނީ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށެވެ.
އެ ތަނުން ބުނީ ހުކުރު ދުވަހު ލޮލުގެ ނަންބަރު ނެގުމާއި ނަމްބަރު އައިނު ހެއްދުމުގެ ޚިދުމަތާއި ނަމްބަރު އައިނުގެ އެކްސް ޕްރެސް ޚިދުމަތް ވެސް ލިބޭނެ ކަމަށެވެ. ނަމްބަރު އައިނުގެ އެކްސްޕްރެސް އަކީ ނަމްބަރު އައިނު ބޭނުންވާ މީހުންނަށް އިތުރު ފީއަކާއި ނުލައި އެތަނުން ދޭ ޚިދުމަތެކެވެ.
މި ޚިދުމަތުގެ ދަށުން ފުޅާ ރޭންޖެއްގެ ސިންގަލް ވިޝަންގެ އައިނު އެެއްގަޑި އިރުގެ ތެރޭގައި ލިބޭނެއެވެ. ސިޓީ އޮޕްޓިކަލް އިން މާދަމައިން ފެށިގެން ކޮންމެ ހުކުރު ދުވަހަކު އެތަނުން މި ޚިދުމަތް ލިބޭނެކަމަށް ވެސް ބުންޏެވެ. ސިޓީ އޮޕްޓިކަލް އިން 200 އަށްވުރެ ގިނަ ސްޓައިލް ގެ ފްރޭމް ލިބޭނެއެވެ. އޭގެ ތެރޭގައި އެކި ޢުމުރު ފުރާތަކާއި ގުޅޭ އެންމެ ފަހުގެ ސްޓައިލް ތަކުގެ ފުރޭމް ހިމެނެއެވެ.
ސިޓީ އޮޕްޓިކަލް ހުންނަނީ ހުޅުމާލެ ސެންޓްރަލް ޕާކު ކުރިމަތީގައެވެ.