އެމްއެމްސީއާއި ބްރޯޑްކޮމްގެ ޤާނޫނަށް އިސްލާހު ގެނައުމަށް މަޝްވަރާކޮށްފި

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ޤާނޫނަށް އިސްލާހު ގެނައުމަށް ރައީސް އޮފީހުން އެ ދެ އިދާރާއާ އިއްޔެ މަޝްވަރާކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ މެންދުރު އޮތް މި ބައްދަލު ކުރެއްވުމުގައި ސަރުކާރުގެ ފަރާތުން އިސްކޮށް އިންނެވީ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ޚަލީލް އެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލު ކުރެއްވުމުގައި ބްރޯޑްކޮމް އާއި އެމްއެމްސީ އިން މީޑިއާގެ ކަންކަން ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކާއި، މި ދާއިރާގައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާފައިވާ ކަމަށެވެ. އެގޮތުން މި ބައްދަލުވުމުގެ ބައިވެރިން ވަނީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މީޑިއާއާ ގުޅޭ ރީފޯމް ހުއްޓިފައިވާކަން ފާހަގަކުރައްވާފައެވެ.

 ހަމަ އެހެންމެ ސަރުކާރުގެ އެހީތެރިކަމާއެކު މީޑިއާތަކުގައި މަސައްކަތްކުރާ މީހުން ބިނާކުރުމަށް ބޭނުންވާ ކަމާއި، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ޤާނޫނަށް އިސްލާހު ގެންނަން ޖެހޭކަންވެސް ބްރޯޑްކޮމް އާއި އެމްއެމްސީގެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ކަނޑައެޅުމާއި، މީޑިއާގެ އިލްމީ ޖީލެއް ބިނާކުރުމާއި، މީޑިއާ ވިލެޖެއް ޤާއިމުކުރުމަށް ރައީސް މުޢިއްޒު ވެވަޑައިގެންނެވި ރިޔާސީ ވަޢުދަށް ބްރޯޑްކާސްޓިން ކޮމިޝަނާއި އެމްއެމްސީން ވަނީ އެ މަނިކުފާނަށް މަރުހަބާ ކިޔުއްވައި ޝުކުރު ދަންނަވާފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް