ބާސެލޯނާގެ ކައުންސިލަށް ހަމާސްއިން ޝުކުރު އަދާކޮށްފި

Loading

Facebook
Twitter
WhatsApp

ޣައްޒާގެ މުޖާހިދީންކަމުގައިވާ ހަމާސްއިން ބާސެލޯނާގެ ސިޓީ ކައުންސިލަށް ޝުކުރު އަދާކޮށްފިއެވެ.

ހަމާސްއިން ޝުކުރު އަދާކުރީ އެ ޖަމާއަތުން ނެރުނު ބަޔާނެއްގައެވެ. 

”އަހަރެމެން، އިސްލާމިކް ރެޒިސްޓެންސް މޫވްމަންޓް (ހަމާސް) އިން، ބާސެލޯނާ ސިޓީ ކައުންސިލްގެ ހިތްވަރުގަދަ ނިންމުން ބަލައިގަނެފިން. އެ ކައުންސިލުންވަނީ ފަލަސްޠީނު ހިޞާރުކޮށްގެން އުޅޭ އިސްރާއީލުން ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަމާއި، ގަތުލުއާންމު ކުށްވެރިކޮށް އިސްރާއީލާއެކު ހުރިހާ ގުޅުމެއް ކަނޑާލާފައި.“ ހަމާސްއިން ބުނެފައިވެއެވެ. 

”ދުނިޔޭގެ ހުރިހާ ކަންކޮޅަކުން ސިޓީތަކާއި، މުނިސިޕަލް ކައުންސިލްތަކުން ބާސެލޯނާ ސިޓީ ކައުންސިލްގެ މިސާލުން މިސާލު ނަގައި، ޒަޔަނިސްޓް-ނާޒީ ވެރިކަމުން ކުޑަކުދީންނާއި ހަތިޔާރުނާޅާ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަށް ނޫނެކޭބުނެ، އިންސާނިއްޔަތާއި، މިނިވަންކަމާއި އިންސާފުގެ ހަމަތަކާއި، ކޮންމެ އިންސާނަކަށްވެސް ލިބިގެންވާ ނަފްސުގެ މިނިވަންކަމަށް ނަޞްރުދިނުމަށް ގޮވާލަން.“ ހަމާސްއިން އިތުރަށް ބުނެފައިވެއެވެ.

މިއީ ޣައްޒާގެ ރައްޔިތުންނަށް އެއްބާރުލުންދީ އެމީހުންނާއި އެކުގައި ތިބިކަން ދެއްކުމަށްޓަކައި ކުރެވިދާނެ އެހެންކަމެކެވެ. އިންތިހާބީ ސަރުކާރުތަކުން ފާޅުގައި އިސްރާއީލާއި ދެކޮޅުވެ ފަލަސްޠީނުގެ ކުޑަކުދީންނާއި ރައްޔިތުންނަށް ސަޕޯޓުކުރުމަށް ޖެހިލުންވެ ބިރުގަންނަ ނަމަ، ގައުމުގެ އެތެރޭގެ ކައުންސިލްތަކާއި، މަޖިލިސް މެންބަރުން މެދުވެރިކޮށް އެކަންކުރެވިދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް