އިންޑިއާ ކަނޑުން ދުއްވާފައިދިޔަ އިސްރާއީލު ބޯޓަކަށް ޑްރޯން ހަމަލާއެއް ދީފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ޑިފެންސް އޮފިޝަލަކާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޯށްފައިވާ ގޮތުގައި ޑްރޯން ހަމަލާދީފައިވަނީ އިސްރާއީލުގެ ވިޔަފާރިވެރިއެއްގެ އާގުބޯޓަކަށެވެ. 

އާގުބޯޓަށް ދިން ހަމަލާގައި ބޭނުންކޮށްފައިވަނީ އިރާނުގެ ޝާހިދް-136 މަރުކައިގެ ޑްރޯނެއްކަމަށް ބެލެވޭއިރު، ހަމަލާދީފައިވަނީ ބައިނަލްއަޤްވާމީ ކަނޑުގެ ތެރޭގައެވެ. މިގޮތުން، ފްރާންސުން އޮޕަރޭޓްކުރާ ސީއެމްއޭ ސީޖީއެމް ސައިމީ އުޅަނދަށް ކޮންމެވެސް ވަރުގެ ގެއްލުން ވެފައިވީނަމަވެސް، މި ހަމަލާގައި އެއްވެސް ފަޅުވެރިއަކަށް އަނިޔާވެފައިނުވާކަމަށް ޚަބަރުތަކުން ބުނެއެވެ. 

ކަނޑުމަތީގެ ސަލާމަތީކަންކަން ބަލަހަށްޓާ ކުންފުނި، އެމްބްރީ އިން ބުނެފައިވަނީ، ހަމަލާދިނުމުގެ ދުވަސްތަކެއްކުރިން، އެކުވެރި އަރަބި އިމާރާތުގެ ބަނދަރުން ފުރުމަށްފަހު އެބޯޓުގެ ޓްރެކިންގް ޓްރާންސްމިޝަން މެދުކަނޑާލިކަމަށާއި، ބެލެވޭގޮތުގައި މިއީ އެ އުޅަނދަކީ އިސްރާއީލުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ނިސްބަތްވާ ބޯޓެއްކަމުން ދެވުނު ހަމަލާއެކެވެ. 

ފާއިތުވެ ދިޔަ ހަފްތާގައި ޔަމަނުގެ ޔަމަނުގެ ހޫތީން ވަނީ ރަތްކަނޑުން ދަތުރުކުރަމުންދިޔަ އިސްރާއީލު ވިޔަފާރިވެރިއެއްގެ އާގުބޯޓެއް ހިފަހައްޓާފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް