ދިރާސީ އާ އަހަރު ޖެނުއަރީއަށް ބަދަލުކުރާ މައްސަލާގައި މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރަނީ

Loading

Facebook
Twitter
WhatsApp

ދިރާސީ އާ އަހަރު ފެށުން އަނެއްކާވެސް ޖެނުއަރީ އަށް ބަދަލު ކުރާތީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ހުށަހަޅުއްވައިފިއެވެ.

މިނިސްޓަރާ ސުވާލު ކުރެއްވުމަށް މަޖިލީހަށް ހާޒިރުކުރަން ހުށަހެޅުއްވީ އެމްޑީޕީގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.

މިކަން ހާމަ ކުރައްވައި އެކްސްގައި ރޮޒައިނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓަރު ޝަފީއު، މަޖިލީހަށް ހާޒިރު ކުރަނީ ދިރާސީ އާ އަހަރުގެ ފެށުން، 2025 ވަނަ އަހަރު އަނެއްކާވެސް ޖެނުއަރީ މަހަށް ބަދަލުކުރަން މަސައްކަތް ކުރާތީ އެ ބަދަލާ އެކު ކުދިންގެ ކިޔެވުމަށް ވާނެ ގޮތަކާ މެދު ބެލެނިވެރިންގެ ކަންބޮޑުވުންތަކެއް ހުރުމާއެކު އެކަން ކުރަން އުޅޭ ގޮތެއް ދެނެގަތުމަށް ކަމަށެވެ.

މިއީ ޑރ. މުޢިއްޒުގެ ކެބިނެޓުގެ ވަޒީރަކާ ސުވާލުކުރުމަށް މަޖިލީހުގެ ހާޒިރު ކުރުމަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން އަލުން ޖެނުއަރީގައި ފަށާ ގޮތަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

ރާއްޖޭގައި ދިރާސީ އައު އަހަރު ފެށުން އޮންނަނީ ޒަމާނުއްސުރެ ޖެނުއަރީ މަހަށް ހަމަޖައްސާފައެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވަނީ 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އައު އަހަރު ފެށުން އޮގަސްޓު މަހަށް ބަދަލުކޮށްފައެވެ. އޭރުގެ ސަރުކާރުން މި ނިންމުން ނިންމާފައި ވަނީ ކޯވިޑް 19 ގެ ހާލަތަށްވެސް ބެލުމަށްފަހު އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ވެސް އެދުމުގެ މަތިންނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް