ރައީސް ޞާލިޙް ދިޔައީ ފަހުނޭވާގައި ބުރިޖުގެ އެއްބަސްވުމުގެ މުއްދަތު ވެސް އިތުރުކޮށްފައި

Loading

Facebook
Twitter
WhatsApp

މާލެއިން ފެށިގެން ތިލަފުށްޓާ ހަމައަށް ގުޅުވައިލާ ގްރޭޓާ ކަނެކްޓިވިޓީ ބުރިޖު މަޝްރޫއުގެ އެއްބަސްވުމުގެ މުއްދަތު, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން އެއް ދުވަހަށްވެފައި އޮއްވާ އިތުރުކޮށްދެއްވާފައިވާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޢަބްދު މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްފައިވާ ބުރިޖު މަޝްރޫއާގުޅޭ މައުލޫމާތު ހިއްސާ ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މަޝްރޫއުގެ އެއްބަސްވުމުގެ އިސްލާހެއްގައި މި މަހުގެ 16 ވަނަ ދުވަހު އޭރުގެ ސަރުކާރުން ސޮއިކޮށްފައިވާާ ކަމަށެވެ. އަދި ކުރިން ސޮއިކުރި އެއްބަސްވުމުގައި ނިންމަން ދީފައިވާ މުއްދަތު އެ ކުންފުންޏަށް އިިތުރުކޮށްދީފައިވާާ ކަމަށެވެ.

ބުރިޖުގެ މަޝްރޫއުގައި މިދިޔަ ސަރުކާރުން ސޮއިކުރީ 16 ސެޕްޓެމްބަރު 2021 ގައި. އެއީ ހުރިހާ މަސައްކަތެއް 17 މެއި 2024 އަށް ނިންމާ ގޮތަށް ނަމަވެސް އެއްބަސްވުމުގެ މުއްދަތު މިހާރު 30 ސެޕްޓެމްބަރު 2026 އަށް އިތުރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ކުރިން ރޭވިފައި އޮތް ގޮތަށް މަސައްކަތްތައް ކުރިއަށްދިޔަނަމަ މިއަދާ ހަމައަށް އައިއިރު ގުޅިފަޅާ ހަމައަށް ގުޅައިލުމުގެ މަސައްކަތުގެ %96 އޮންނާންވާނީ ނިމިފައި ކަމަށެވެ.

“ގުޅިފަޅާ ހަމައިން ފެށިގެން ތިލަފުށްޓާ ހަމައަށް 1.13 އިންސައްތަ އޮންނަން ޖެހޭނީ ނިމިފައި. މުޅި މަސައްކަތަށް އެއްކޮށް ބަލާނަމަ 81 އިންސައްތަ މަސައްކަތް ނިމިފައި އޮންނަން ޖެހޭނީ. އެހެންނަމަވެސް 15 ނޮވެމްބަރާ ހަމަައަށް ނިމިފައިވަނީ 29 އިންސައްތަ މަސައްކަތް.“ މަސައްކަތް ކުރިއަށްދާންޖެހޭ މިންވަރާ އަޅާ ބަލާއިރު މަސައްކަތް ކުރިއަށް ގޮސްފައިވަނީ 52 އިންސައްތަ ލަހުންކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

ބުރިޖު މަޝްރޫއުއަކީ 500 މިލިއަން ޑޮލަރުގެ މަޝްރޫއުއެކެވެ.
އެއި އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 400 މިލިއަން ޑޮލަރާއި ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް