ހޮލޯކާސްޓްގެ ހަނދާންވާތީ ޖަރުމަނުން އިސްރާޢީލާ ދެކޮޅަށް އަނގަ ހުޅުވާކަށް ނުކެރޭނެ - އުރުދުޣާން

Loading

Facebook
Twitter
WhatsApp

މިދިޔަ ހުކުރުދުވަހު ތުރުކީގެ ރައީސް އުރުދުޣާން ޖަރުމަނުގެ ޗާންސެލަރ އޯލާފްޝޮލްޒާއެކު ބޭއްވެވި ފިނިހޫނުމިން ބުނަންނޭގޭ ބައްދަލު ކުރެއްވުމެއްގައި އިސްރާއީލުން ފަލަސްތީން އަށް ދެމުންގެންދާ ޙަމަލާތަކާއި އެމެރިކާ އާއި ހުޅަނގުގެ ބާރު ބޭނުން ކޮށްގެން ފަލަސްތީނު އަޅުވެތިކޮށްގެން ގެންގުޅުމާއިދޭތެރޭ ޖަރުމަނުން އިސްރާއީލާދެކޮޅަށް އަނގަ ހުޅުވާލަންވެސް ނުކެރިގެންއުޅެނީ ހޮލޯކާސްޓް ހަނދާނަށް އަންނަވަރުން ކަމުގައި އުރުދުޣާން ވިދާޅުވެއްޖެއެވެ.

ބާރލިންގައި ޖަރުމަނުގެ ޗާންސެލަރ އައިއެކު ބޭއްވި މި ބައްދަލުވުމުގައި އުރުދުޣާން ވިދާޅުވެފައިވަނީ ބާރލިންގެ ލީޑަރުން ފަދައިން އެމަނިކުފާނު ދޫފުޅު އޮތީ ބަންދު ވެފާ ނޫންކަމަށާއި ވިސްނިވަޑައިގަންނަވާ އެއްޗަކާއި ދެކިވަޑައިގަންނަވާ ގޮތެއް ދުލުން ހާމަކުރުމަށް އުޒުރުވެރިވެ ވަޑައި ނުގަންނަވާނެކަމަށެވެ.

ތުރުކީއިން ނުވަތަ އަހަރެންގެ އަމިއްލަ ޙައިސިއްޔަތުން ވިޔަސް އިސްރާޢީލުދެކެ ޖެހިލުންވާނެ ސަބަބެއް ނޯންނާނެއެވެ. ހޮލޯކާސްޓް އާއި ތުރުކީއަކާ އެއްވެސް ގުޅުމެއް ނޯންނާނެއެވެ. އެހެންނަމަވެސް ޖަރުމަނުން އިސްރާއީލާއި ދެކޮޅަށް ބަހެއް ބުނުމުގެ ކުރިން އެތައް ފަހަރަކު ވިސްނަންޖެހޭނެ ކަމަށް ގަބޫލުކުރެވޭކަމަށް ވިދާޅުވިއެވެ.                                            

ޖަރުމަނަށް ކޮޅުދޮށިން ދެއްވުމާއިއެކު އިސްރާއީލަށްވެސް ބަހުގެ ޙމަލާތައް އުރުދުޣާން އަމާޒު ކުރެއްވިއެވެ. އަދި އިންސާނުން އަޅުވެތިކުރުމާއި ގަތުލު އާންމު ހިންގުން ތައުރާތުގައި ހުއްދަކުރެވިފައެއް ނޯންނާނެ ކަމަށެވެ.         

އުރުދުޣާން ޖަރުމަނަށް މިކުރައްވާ ދަތުރުފުޅުގެ ފިނިހޫނު މިން އަންދާޒާކުރަންވެސް ނޭންގޭއިރު ޗާންސެލަރ ޝޮލްޒް އަކީ އިސްރާޢީލަށް ވަރަށް ބޮޑަށް ތާއީދުކުރައްވަން ޖެހިވަޑައިގެންފައިވާ ބޭފުޅެކެވެ. މިދަތުރުފުޅުގައި އިސްރާއީލަކީ ނަސްލީ އިމްތިޔާޒް ބިންވަޅުނަގާފައިއޮތް ޚުދުމުޚްތާރު ވެރިކަމެއް ކަމުގައިއުރުދުޣާން ތަކްރާރު ކުރައްވާފާނެ ކަމާދޭތެރޭ މީޑިއާ އޮތީ ކަންބޮޑުވެފައެވެ. އެވާހަކަ ތަކުރާރެއް ނުކުރައްވައެވެ.

އެހެންނޫންނަމަ އެއީ ޝޮލްޒް އަށް ވަރަށް ލަދުވެތި މާޙައުލަކަށް ވެގެން ދިޔައީހެވެ.އޭގެ ބަދަލުގައި އުރުދުޣާން ވިދާޅުވީ ބައެއްފަހަރު އެމަނިކުފާނު އެންޓި ސެމިޓިޒަމްގެ ނަމުގައި ފާޑުކިއުމުން އިސްރާއީލުގެ ނަފްރަތާއި ކުރިމަތިލާން ޖެހިވަޑައިގެންފައި ވީނަމަވެސް އެމަނިކުފަނަކީ އެންޓި ސެމިޓިޒަމާއި ދެކޮޅަށް މިސަރަޙައްދުގައި އިންސާނިއްޔަތުގެ ނަމުގައި  މުސްލިމުންނާއި ނަސާރާއިންނާއި އަދި ޔަހޫދީން ތަފާތު ނުކުރެވޭނެކަމަށް އެންމެ ބާރަށް ވަކާލާތުކުރައްވާ ލީޑަރ ކަމަށެވެ. އެ މަގްސަދުގައި އަހަރެން ކުރަމުންގެންދާ ވަކާލާތުކުރުން ނުވެސް ހުއްޓުވޭނެއެވެ.                                                                 

އިސްރާޢީލާއި ފަލަސްތީނުގެ ހަނގުރާމައާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްޓަކައި ޖަރުމަނުގެ ރައީސް އާއިވެސް އުރުދުޣާން ބައްދަލު ކުރެއްވިއެވެ. 

އެ ދެބޭފުޅުންގެ ބައްދަލު ކުރެއްވުމާއި ބޭހޭގޮތުން އާންމުކޮށްފައިވާ ކުރު ބަޔާނުގައި އުރުދުޣާން ވިދާޅުވެފައިވަނީ އިސްރާއީލުގެ ހައްދު ފަހަނަޅާ ގޮސްފައިވާ އަނިޔާވެރިކަން ހުއްޓުވުމަށްޓަކައި މުޅިދުނިޔެ އެއް އަޑަކުން ގޮވާލަން ޖެހޭނެ ކަމަށާއި އަދި ފަލަސްތީނުގެ ބިންތަކުން އިސްރާއީލުން ހަމަ މިހާރު ފައިބަންޖެހޭނެ ކަމަށްވެސް ބާރު އަޅަން ޖެހޭނެކަމަށެވެ. 

އިސްރާއީލުން އަމިއްލަ ދިފާއުގައޭބުނެ ބަޔެއްގެ ބިން ފޭރިގަނެގެންތިބެ ދައްކާ ބަހަނާތަކަކީ އުފެދުމުގައިވެސް ބާތިލު ވާހަކަތަކެއް ކަމަށާއި ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ރައްކާތެރި ކުރާނެ އަމިއްލަ ދިފާއެއް ނޯންނާނެ ކަމަށެވެ.                                                

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް