ޔަމަނުގެ އަސްކަރީ ސިފައިންގެ ފަރާތުން އިސްރާއީލާއި ދެކޮޅަށް ދެމުން ގެންދާ ހަމަލާތަކުން ދިފާއުވުމަށް ސައުދީ އަރަބިއްޔާއާއި ޖޯޑަންގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެ ގައުމުތަކުގެ ސަރުކާރުން ދީފައިވާ ކަމަށް ޚަބަރުތަކުން ބުނެފިއެވެ.
ހަމައެއާއެކު، ސައުދީ އަރަބިއްޔާއާއި ޖޯޑަންގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން އިސްރާއީލަށް ހަމަލާދިނުމަށް ޔަމަނުން އެދުނު އެދުމަށް އެ ގައުމުތަކުން ވަނީ ނޫނެކޭ ބުނެފައެވެ.
އެމެރިކާގެ ޚާއްސަ ވައިމަތީގެ ދިފާޢީ ނިޒާމުތައް ސައުދީ އަރަބިއްޔާގެ ބޯޑަރުގެ ތެރޭގައި ބެހެއްޓުމަށް އެ ގައުމުން ހުއްދަ ދީފައިވާއިރު، މި ނިޒާމު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އިސްރާއީލާ ދެކޮޅަށް ބޭރުން ފޮނުވާ ހަމަލާތަކުން އެ ގައުމު ދިފާޢުކުރުމަށެވެ.
އިމްތިޙާނުގެ ދަނޑިވަޅުގައި ސުންނީ އަރަބި ސަރުކާރުތަކުންނަށް މުސްލިމް ފަލަސްތީނު އަޚުންނަށްވުރެ މުހިންމު އެވީ އިސްރާއީލާއެކުގައި ގުޅުން ބޭއްވުމެވެ. އިސްލާމްދީނުގައި މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވުމަށް އޮންނަ ޒިންމާގެ މަތީން އެ ގައުމުތަކުން ހަނދާން ނައްތާލީއެވެ.
ދެކުނު އެމެރިކާގެ މުސްލިމް ނޫން ގައުމުތަކުން ވެސް އިސްރާއީލާއެކު އޮތް ގުޅުންތައް ކަނޑަމުން ގެންދާއިރު، އަރަބި މުސްލިމް ގައުމުތަކުގެ ފަރާތުން ފެންނަމުން ދަނީ ލަދުވެތި ހިތާމަވެރި މަންޒަރުތަކެކެވެ.
އިސްރާއީލުގެ މަސައްކަތަށް ކިރިޔާ ވެސް ނާކާމިޔާބީއެއް ލިބެމުން އެދަނީ ދުނިޔޭގެ އެކި ގައުމުތަކުގެ އާންމުން ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެ ފަރާތްތަކުން އޮންލައިންވެ، މީސްމީޑިއާގެ އެކި ވިއުގަތަކުގައި އިސްރާއީލުން ހަދަމުން އަންނަ ދޮގުތައް ފަޟީހަތްކޮށް އަންނަނީ ”ޑިޖިޓަލް ހަނގުރާމަ“ އެއް ކުރަމުންނެވެ. އެތައް މިލިއަން މުސްލިމުންނެއް މި ބީދައިން ކޮށްފައިވާ ގިނަގުނަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މުސްލިމް ނޫން މީހުންނަށް ވެސް އިސްރާއީލުގެ ހަގީގީ ކުލަވަރު މިއަދު އެދަނީ ފެންނަމުންނެވެ.
އުންމީދަކީ، އޮންލައިން ދުނިޔޭގައި މި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން އެކުރާ މަސައްކަތުގެ މަތީގައި ސާބިތުވެ ދެމިތިބުމެވެ.
One Response
The occupation army bombed Gaza with more than 25 thousand tons of explosives, the equivalent of two nuclear bombs.